22 ޖޫން 2023 - 06:39 4
ހުސެއިން ފިޔާޒް މޫސާ
ގައްސާން އާއި ޔާމީން ޕީޕީއެމްގެ ވެރިކަމުގައި: ގައްސާން ޖަލަށް ވަޑައިގެންނެވިކަން ޕާޓީގެ ބައެއް އިސް ފަރާތްތަކަށް ނޭނގޭ -- ފޮޓޯ: ގައްސާން މައުމޫން ފޭސްބުކް ޕޭޖް
22 ޖޫން 2023 - 06:39 4
ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން، މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދަވާ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ބައްދަލު ކުރައްވައިފި އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގައްސާން އެއްވެސް ބަހެއް ވިދާޅެއް ނުވި އެވެ.
މި ނޫހާ ވާހަކަ ދައްކަވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ ގައްސާން، ޔާމީންއާ ބައްދަލު ކުރެއްވީ އާއިލީ ބައްދަލުވުމުގެ ފުރުސަތު ހޯއްދަވައިގެން، މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށެވެ. ގައްސާންއަކީ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
"ގައްސާން އެދިވަޑައިގަތީ އާއިލީ ބައްދަލުވުމަކަށް. އާއިލީ ބައްދަލުވުމުގެ ފުރުސަތުގައި ބައްދަލު ކުރެއްވީ،" މީޑިއާއަށް މައުލޫމާތު ދިނުމުގެ ހުއްދަ ނޯންނާތީ ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ކަރެކްޝަނަލް ސާވިސްގެ އެ އޮފިޝަލު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގެ މައުލޫމާތެއް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުނަށް އެނގިވަޑައިނުގަންނަވާ ކަމަށް، މިއަދު "އަދަދު" ނޫހާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ. އަދި ގައްސާން އެ ބައްދަލުވުމަށް ވަޑައިގެންނެވުމުގެ ކުރިން އެފަދަ ކަމެއް ކުރައްވަން އުޅޭކަން ޕާޓީއަށް އަންގަވާފައިނުވާ ކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވި އެވެ.
ގައްސާންގެ ބައްދަލުވުމުގެ މައުލޫމާތު އެނގޭ ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވީ ބައްދަލުވުމުގައި ޔާމީން ގައްސާނަށް ދެއްވީ ނަސޭހަތް ކަމަށެވެ.
"ޔާމީން ގައްސާނަށް ވިދާޅުވީ މަޑުމައިތިރިކޮށް ހުންނެވުމަށް،" އޭނާ ވިދާޅުވި އެވެ.
ޖަލު ހުކުމް ދެމި އޮތް ހިނދަކު، ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދައެއް ނުކުރެއްވޭނެ އެވެ. އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެވިއްޖެ ހާލަތެއްގައި، ރިޔާސީ ޓިކެޓު ހޯދުމަށް ޕީޕީއެމްގެ އެތެރޭގައި ފޯރި އަންނަނީ ގަދަވަމުންނެވެ.
ޔާމީން ޖަލަށް ލާފައި ވަނީ ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގަ އެވެ. އެ މައްސަލައިގައި ދެ ދައުވާއެއް ޔާމީންގެ މައްޗަށް ސާބިތުވެފައިވާއިރު، އޭގެ ތެރެއިން މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާގެ ހުކުމަކީ ހަތް އަހަރަށް ޖަލަށް ލުމާއެކު، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމެވެ. ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގައި ކޮށްފައިވާ ހުކުމަކީ 11 އަހަރުގެ ޖަލު ހުކުމެކެވެ.
އެ ހުކުމް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ، ރ. ފުއްގިރީގެ ހިޔާނާތުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.
3.23%
0.00%
4.84%
91.94%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ގަރަގުއި
over 1 year ago
ބައްޕަ ކޮށްކޮ ދޫކޮށް ދިއައީ ދުސްމަން އަންނި ކައިރިއައް
3 months ago
ސަމްތިން
over 1 year ago
އަމިއްލަ ބައްޕަ ޖަލުގައި އޮތް އިރު އޭނާގެ ހާލު ބަލާލަން ނުދެވުނު މީހެއްގެ ވާހަކަ ތިޔަ ދައްކަނީ. ވަރަށް ބޮޑު އެދުމެއް އޮވެގެން ކަމަށް ލަފާކުރެވެނީ އެ ދިޔައީ
މުޖުތާޒު
over 1 year ago
ޢެއީ އެދެބޭފުޅުންގެ ކަމެއް ބައްދަލުކުރުމާ ނުކުރުން އަހަރެންނަށް އެގޭކަމަކީ ﷲގެ އިރާދަފުޅުން އިންތިހާބުގެ ކުރިން ރައީސް ޔާމީނު ސަލާމަތް ވާނެކަން އަދި އެމަނިކުފާނު 2023 ގެ ރިޔާސީ އިންތިހާބުގަ ވާދަކުރައްވާނެކަން
Comment