21 ޖޫން 2023 - 14:40 0
މުހައްމަދު ޝަހްޒާން
21 ޖޫން 2023 - 14:40 0
އަގުހުރި އިނާމުތަކާ އެކު އަދަދުގެ "ސާފް 2023" ކަވަރޭޖު މިއަދު ރަސްމީކޮށް ފަށައިފި އެވެ.
އިންޑިއާގެ ބެންގަލޫރުގައި މިއަދު ފަށާ ސާފް ޗެމްޕިއަންޝިޕުގެ ކަވަރޭޖު ގެނެސްދިނުމަށްޓަކައި އަދަދު ނޫހުގެ ވެބްސައިޓުގައި ވަނީ ހާއްސަ ޕޭޖެއް ލޯންޗުކޮށްފަ އެވެ. އެ ޕޭޖުންނާއި އަދަދުގެ ސޯޝަލް މީޑިއާ ޕްލެޓުފޯމުތައް މެދުވެރިކޮށް ސާފްގެ އެންމެ ފަހުގެ ހަބަރުތައް ކިޔުންތެރިންނާއި ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.
އޭގެއިތުރުން އަދަދުގެ ކަވަރޭޖުގެ ތެރެއިން މެޗުތަކުގެ ސްކޯ ދިމާކޮށްގެންނާއި ޗެމްޕިއަން ޓީމު ދިމާކޮށްގެންނާއި ބޯޅަ ކޮބާ ކުއިޒުގައި ބައިވެރިވެގެން ކިޔުންތެރިންނަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް އަދަދުން ވަނީ ހުޅުވާލައިފަ އެވެ.
އެގޮތުން, ބޯޅަ ކޮބާގެ އެއް ސުވާލު ކޮންމެ ދުވަހަކު އަދަދުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ހިއްސާ ކުރާނެ އެވެ. އެ ކުއިޒުގައި ބައިވެރިވެ އެންމެ ގިނަ ސުވާލުގެ ޖަވާބު ދިމާ ކުރާ ތިން ފަރާތަކަށް ކޮޕިއާ ޕްލަސް އިން ވަނީ އިނާމު ހުށަހަޅައިފަ އެވެ.
އެއްވަނައަށް ފަރާތަކަށް ހުށަހަޅާފައި ވަނީ ބްރަދާ ޑީސީޕީ - ޓީ520 ޑަބްލިއު ވަޔަލެސް އެންޑު މޯބައިލް ޕްރިންޓަރެކެވެ. ދެވަނައަށް ބްރަދާ ޖޭވީ 1400 ފަހާފޮށްޓެއް ހުށަހަޅާފައި ވާއިރު، ތިންވަނައަށް ހުށަހަޅާފައި ވަނީ ބްރަދާ ބްރޭންޑުގެ އެޗް 110 ލޭބަލް ޕްރިންޓަރެކެވެ.
އަދަދު ކަވަރޭޖުގެ ތެރެއިން ރާއްޖެ ކުޅޭ މެޗުތަކުގެ ސްކޯ ދިމާކޮށްގެން ވެސް އިނާމު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލާފަ އެވެ. ރާއްޖޭގެ މެޗުތައް ފެށުމުގެ އެއް ދުވަސް ކުރިން އަދަދުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ސްކޯ ދިމާކުރުމަށް ފުރުސަތު ހުޅުވާލާނެ އެވެ.
އެ ޕޯސްޓަށް ރަނގަޅު ނަތީޖާ ކޮމެންޓު ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ނަތީޖާ ދިމާ ކުރާ ފަރާތަކަށް ލިޓަސް ކަނެކްޓުން ހުށަހަޅާފައި ވަނީ ގޫގުލް ޕިކްސެލް 6 ޕްރޯ އެކެވެ. ދެވަނައަށް އެންމެ ގިނަ ނަތީޖާ ދިމާ ކުރާ ފަރާތަކަށް އެޗްޕީ ލޭޒާ ޖެޓް ޕްރޯ އެމް102ޑަބްލިއު އެއް ހުށަހަޅާފައި ވާއިރު، ތިންވަނައަށް އެންމެ ގިނަ ނަތީޖާ ދިމާކުރާ ފަރާތަކަށް ހުށަހަޅާފައި ވަނީ އެމްބްރޭން މެލޮޑީ ސްޓޯމް، އިއާބަޑްސް އެކެވެ.
އޭގެއިތުރުން މުބާރާތުގެ ޗެމްޕިއަން ޓީމު ދިމާކޮށްގެން ޖީޓީއެސް 2 އާބަން ގްރޭ ސްމާޓު ވޮޗެއް ހޯދުމުގެ ފުރުސަތު ވެސް އަދަދު ނޫހުގެ ކިޔުންތެރިންނަށް ވަނީ ހުޅުވައިލާފަ އެވެ. މުބާރާތުގެ އިނާމު ލިބޭނީ ގުރޫޕު ސްޓޭޖު ނިމުމުގެ ކުރިން ޗެމްޕިއަން ޓީމު ދިމާކޮށް އަދަދުގެ ހާއްސަ ޕޯސްޓަށް ކޮމެންޓު ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށެވެ.
ސާފް ޗެމްޕިއަންޝިޕުގެ ކަވަރޭޖު ގެނެސްދިނުމަށްޓަކައި އަދަދު ނޫހުގެ ޓީމެއް ވަނީ ބެންގަލޫރުގައި ކޭމްޕުކޮށްފަ އެވެ. ކަވަރޭޖުގެ ތެރެއިން ފޮޓޯއާއި ވީޑިއޯ އަދި ސާފް ޕްރޮގުރާމުތަކުގެ އިތުރުން ވިޝުއަލް އެހެނިހެން ކޮންޓެންޓުތައް ވެސް ގެނެސްދޭނެ އެވެ.
އަދަދު ނޫހުގެ "ސާފް 2023" ކަވަރޭޖު ޕާޓުނަރުންގެ ގޮތުގައި މިފަހަރު ބައިވެރިވަނީ ޗޮކުލެޓާއި އޭސް ޓްރެވެލްސްގެ އިތުރުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި ސިމްޑީ އެވެ.
Comment