Advertisement

ހިމްނާ އަނެއްކާ ވެސް 400 މީޓަރުގެ ގައުމީ ރެކޯޑް މުގުރާލައިފި

18 ޖޫން 2023 - 10:13 0

މިދިޔަ އަހަރު ކޮމަންވެލްތު ގޭމްސްގެ އިވެންޓެއްގެ ތެރެއިން ހިމްނާ ދުވަނީ.---


ހިމްނާ އަނެއްކާ ވެސް 400 މީޓަރުގެ ގައުމީ ރެކޯޑް މުގުރާލައިފި

18 ޖޫން 2023 - 10:13 0

ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ، އައިޝަތު ހިމްނާ ހަަސަން، އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

ޕެރިސް އޮލިމްޕިކްސް 2024، ސްކޮލަޝިޕްގައި، ޖެމެއިކާގައި ތަމްރީން ހަދަމުން އަންނަ ހިމްނާ، 400 މީޓަރުގެ ގައުމީ ރެކޯޑް ހެދީ ޖެމެއިކާގައި ކުރިއަށްދިޔަ އިވެންޓެއްގައި ވާދަކޮށް، 56.86 ސިކުންތުން ނިންމައިގެންނެވެ.

އަންހެނުންގެ 400 މީޓަރު ދުވުމުގެ މި ރެކޯޑް ކުރިން ވެސް އޮތީ ހިމްނާ އަތުގަ އެވެ. އެ ގޮތުން، ހިމްނާ، 400 މީޓަރުގެ ރެކޯޑް އެންމެ ފަހުން ހެދީ މިދިޔަ އަހަރު ގައުމީ ޓައިމް ޓްރަޔަލްގަ އެވެ. އެ ފަހަރު، ހިމްނާ ރޭސް ނިންމީ 57.56 ސިކުންތުންނެވެ.

އުމުރުން 10 އަހަރުގައި އިންޓަ ސްކޫލް ލެވަލުން ފެށިގެން އެތުލެޓިކްސްގައި ކުރިއެރުންތައް ހޯދަމުން އައިސް، 2017 ވަނަ އަހަރު ރަސްމީކޮށް އެތުލީޓެއްގެ ވިސްނުމުގައި ޓްރެއިނިން ފެށި ހިމްނާ އަކީ މި ވަގުތު ވެސް ގައުމީ ލެވަލްގެ ގިނަ ރޭސްތަކެއްގެ ގައުމީ ރެކޯޑް ހޯލްޑަރެވެ. އެ ގޮތުން، ހިމްނާ ވަނީ މިދިިޔަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް 21 އަހަރުވީ ރާއްޖޭގެ 100 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލައިފަ އެވެ. އަދި އެ ރެކޯޑް މުގުރާލިތާ އަށް ދުވަސް ފަހުން ހިމްނާ ވަނީ ހަ އަހަރު ވެފައިވާ ރާއްޖޭގެ 200 މީޓަރު ދުވުމުގެ ރެކޯޑް ވެސް މުގުރާލައިފަ އެވެ.

މިދިޔަ އަހަރުތަކުގައި ހަތަރު ވަރަކަށް ފަހަރު ރާއްޖޭގެ 400 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލި ހިމްނާ އަކީ ހަ ދުވަސް ތެރޭ ކޮމަންވެލްތު ގޭމްސް އާއި ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެނުންގެ 4 ގުނަ 100 މީޓަރު ރިލޭ ރެކޯޑް މުގުރާލި ރިލޭ ޓީމުގައި ވެސް ހިމެނިފަ އެވެ.