Advertisement

ކެމްޕޭނާއި ރެލީތަކަށް ސުކޫލުތައް ކުއްޔަކަށް ނުދެވޭނެ: އެޑިއުކޭޝަން

17 ޖޫން 2023 - 21:09 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ސްކޫލެއްގައި ކުރިއަށް ގެންދިޔަ އެމްޑީޕީގެ އިންތިހާބެއްގެ ވޯޓުލުމުގެ ތެރެއިން؛ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލުތައް ކުއްޔަށް ދެވޭނީ އުސޫލަށް ފެތޭ ހަރަކާތްތަކަށް އެކަނިކަމަށް -- ފައިލް ފޮޓޯ؛ އަދަދު


ކެމްޕޭނާއި ރެލީތަކަށް ސުކޫލުތައް ކުއްޔަކަށް ނުދެވޭނެ: އެޑިއުކޭޝަން

17 ޖޫން 2023 - 21:09 0

ކެމްޕޭނު ހަރަކާތްތަކާއި ރެލީތަކަށް ސްކޫލުތައް ކުއްޔަށް ނުދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ވަކި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަތަކަށް ސްކޫލުތައްް ކުއްޔަށް ދޭކަމަށް ބުނެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މިއަދު ޓްވިޓާގައި ކަންބޮޑުވުންް ފާޅުކުރުމާއި ގުޅިގެން އެޑިއުކޭޝަންް މިނިސްޓްްރީއިންް "އަދަދު'އަށް ބުނީ، އެއްވެސް ކެމްްޕޭނު ހަރަކާތަކަށް ނުވަތަ ރެލީއަކަށް ސްކޫލުތައް ދޫނުކުރެވޭނެ ކަމަށެވެ.

އެހެން ނަމަވެސް ސްކޫޫލުތަކުގެ ހޯލު ފަދަ ތަންތަން ކުއްޔަންް ދިނުމާ ބެހޭ އުސޫލުގައިވާ ކަމަކަށް ފެތޭނަމަ ސިޔާސީ ޕާޓީތަކަށް ވެސް ދޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިއަދު މެންދުރުފަހުން ފެށިގެން އިރުއޮއްސެންދެން އެމްޑީޕީގެ މެނިފެސްޓޯ ވޯކްޝޮޕެއް ބާއްވަން ދަރުމަވަންތަ ސްކޫލް ވަނީ ދޫކޮށްފަ އެވެ. އެއީ އަންހެނުން ބާރުވެރިކުރުމުގެ ސިޔާސަތުތައް އެކުލަވައިލުމުގެ ބޭނުމުގައި ބާއްވާ އިވެންޓެކެވެ.

އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި، އެމްއެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީ ވެސް ހިމެނޭހެން އެމްޑީޕީން ނޫން ޕާޓީތަކުން ސްކޫލެއް ދޫކޮށްދިނުމަށް އެދުމުން އެޑިއުކޭޝަން މިނިސްޓްރީން ދޭ ޖަވާބަކީ ޕާޓީތަކަށް ދޫކުރުން މަނާ ކަމަށެވެ.

"މިއީ ކޮން ކަހަލަ އިންސާފެއްތޯ؟ މި ކަންކަމުން ވެސް ސާފުވަނީ މި އަހަރު ބޭއްވޭ އިންތިހާބު އިންސާފުވެރި ނުވާނެކަން،" އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ޓެގް ކުރައްވައި، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

ސްކޫލުތައް ކުއްޔަށް ދޫކުރަންވީ ގޮތުގެ އުސޫލެއް އެޑިއުކޭޝަން މިނިސްޓްރީގައި އޮވެ އެވެ. އޭގައި ކުއްޔަށް ދޫނުކުރެވޭ ހާލަތުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ "ހަރަކާތުގެ ބާވަތުން ސްކޫލް ކުދިންގެ އަޚުލާގީ އަދި ސުލޫކީ މިންގަނޑަށް ނޭދެވޭ އަސަރުކޮށްފާނެ ކަންކަމުގައި ސްކޫލްތަކުގެ ގޯއްޗާއި، ހޯލާއި، ކްލާސްރޫމް ކުއްޔަށް ދޫނުކުރުމުގެ އިޚްތިޔާރު ސްކޫލަށް ލިބިގެންވޭ" ކަމަށެވެ.

ސިޔާސީ ޕާޓީތަކަށް ކުއްޔަށް ދޫކުރެވިދާނެ ގޮތްތަކެއް އުސޫލުގައި ބަޔާންކޮށްފައެއް ނެތެވެ.

އުޝާމް "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި އެމްއެންޕީން އެދުނީ މި ހަފުތާ ބަންދަށް ހދ. ކުޅުދުއްފުށި ސްކޫލެއްގެ ހޯލު ހޯދުމަށް ކަމަށެވެ. ނަމަވެސް އެ ޕާޓީއަށް ސްކޫލް ހޯލު ދޫކުރެވެން ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް ބުނެ ސްކޫލުން އެ ޕާޓީއަށް އެންގި ކަމަށެވެ.