16 ޖޫން 2023 - 09:34 0
އާމިނަތު ނިއުޝާ
ކުޑަކުއްޖަކު ޤުރުއާން ކިޔަވަނީ؛ އެމްކިއުއޭއިންް ވަނީ ޤުރުއާނުގެ އިލްމު ހިމެނޭ މަތީ ތައުލީމުގެ މުގައްރަރުތައް އެއްގޮތްކުރުމަށް ގަވައިދެއް އެކުލަވާލާފައި -- ފޮޓޯ؛ ޝާބިން/އަދަދު
16 ޖޫން 2023 - 09:34 0
މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި ގުރުއާން މުގައްރަރު އެއްގޮތް ކުރުމަށް ގަވާއިދެއް އެކުލަވާލައި، އިއްޔެ ގެޒެޓުކޮށްފި އެވެ.
"ކީރިތި ގުރުއާނުގެ އިލްމުގެ ތައުލީމީ ޕްރޮގްރާމްތަކުގައި ހުންނަންޖެހޭ މިނިމަމް ސްޓޭންޑަޑްތައް" ގައިވާ ގޮތުން މޯލްޑިވްސް ކޮލިފިކޭޝަންް އޮތޯރިޓީ (އެމްކިއުއޭ) އިން މަތީ ތައުލީމުގެ ޕްރޮގުރާމްތައް އެކްރެޑިޓް ކުރާނީ އެ ގަވާއިދުގައި ބުނާ ސްޓޭންޑާޑްތަކާ އެއްގޮތަށެވެ.
އެ ގަވާއިދު އެކުލަވައިލުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ގުރުއާން ހިމެނޭ މަތީ ތައުލީމުގެ ޕްރޮގްރާމުތަކުގެ މުގައްރަރު އަަދި މުއްދަތު އެއްގޮތްް ކުރުމެވެ.
އެ ބަދަލާއެކު ގުރުއާނު އިލްމުގެގެ ދާއިރާގެ ކޮލިފިކޭޝަންތަކެއް ކަމުގައި ބަލާނީ ގާރީ/ގިރާއަތު ޕްރޮގްރާމުތަކާއި ގުރުއާން ޓީޗިން ޕްްރޮގްރާމުތައް އަދި އިމާމް ޕްރޮގްރާމުތަކެވެ.
އެއީ ގުރުއާނުގެ އިލްމުގެ މަތީ ތައުލީމުގެ ޕްރޮގްރާމުތަކުގެ ފެންވަރާއި މެދު އާންމުންނާއި ތައުލީމީ ދާއިރާގެ މާހިރުން އަދި ސަރުކާރުގެ އިދާރާތަކާއި ދަރިވަރުންގެ މެދުގައި ހިތްހަމަނުޖެހުން ކުޑަކުރުމަށް އެކުލަވާލި ގަވާއިދެއް ކަމަށް އެމްކިއުއޭ އިން ބުނެ އެވެ.
ކިޔަވާ މަރުކަޒު ބަދަލުކުރުމުން މުގައްރަރު ތަފާތު ނަމަ ދަރިވަރުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރެ އެވެ. އަދި ދަރިވަރުން ކިޔަވާފައި ނުވާ ފިލާވަޅުތައް ކިޔަވައިދިނުމުގައި ޓީޗަރުންނަށް އިތުރު ބުރައެއްް ކުރިމަތިވެ އެވެ. އެކަމުގެ ސަބަބުން މުގައްރަރު ފުރިހަމަ ކުރުމަށް ވެސް ލަސްކަމެއް އަންނަ ކަމަށް އެ ގަވާއިދުގައި ބުނެ އެވެ.
އޭގެ އިތުރުން، ބައެއް މަރުކަޒުތަކުން ޕްްރޮގުރާމު ކުރިއަށް ގެންދަންޖެހޭ ވަރަށްވުރެ ކުރު މުއްދަތެއްގައި ކިޔަވައިދޭކަމަށާއިނަމަވެސް ގުރުއާނާ ބެހޭ ކޯސްތަކަކީ އެހެން ޕްރޮގްރާމުތަކަށް ވުރެ ދިގު މުއްދަތެއް ހޭދަވާކަމެއް ކަަމަށް ވެސް ސަރުކާރުން ބުނެ އެވެ.
މޯލްޑިވްސް ނެޝަނަލްް ޔުނިވާސިޓީގައި ވެސް ޤުރުއާނުގެ އިލްމު ހިމެނޭ ބައެއް ޕްްރޮގުރާމުތައް ކުރިއަށް ގެންްދާއިރު އިސްލާމިކް ޔުނިވާސިޓީން ފުޅާ ދާއިރާއެއްގައި މި އިލްމު ހިމެނޭ ޕްރޮގުރާމުތައް ކުރިއަށް ގެންދެ އެވެ. އަދި ގުރުއާނުގެ އިލްްމު ކިޔަވައިދޭ ގިނަ އަމިއްލަ އިންސްޓިޓިއުޓުތަކެއް ވެސް ރާއްޖޭގައި ހުރެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment