Advertisement

ގްރީސް ކައިރިން ބޯޓެއް ބަންޑުން ޖަހާލައި 78 މީހުން މަރުވެއްޖެ

ބަންޑުން ޖަހާލި ބޯޓުން 100 މީހުން ސަލާމަތް ކުރި.


ގްރީސް ކައިރިން ބޯޓެއް ބަންޑުން ޖަހާލައި 78 މީހުން މަރުވެއްޖެ

ކަލަމަތާ، ގްރީސް (ޖޫން 14) - ގްރީސް ކައިރިން މީހުން ފުރި ބާރުވެފައި އޮތް މަސް ބޯޓެއް ބަންޑުން ޖަހާލައި 78 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކޯސްޓުގާޑުން ބުނެފި އެވެ.

ރެސްކިއު އޮޕަރޭޝަން އަދިވެސް ކުރިއަށްދާ އިރު މަރުވި މީހުންގެ އަދަދު މަތިވާނެ ކަމަށް ބެލެވެ އެވެ. ބަންޑުން ޖަހާލި ބޯޓުން 100 އެއްހާ މީހުން ސަލާމަތް ކުރި އެވެ.

ކޯސްޓުގާޑުން ބުނީ ބޯޓު ބަންޑުން ޖަހާލުމަށް ފަހު މެޑިޓެރޭނިއަން ކަނޑުގެ އެންމެ ފުން ހިސާބަށް އަޑިއަށް ދިޔައީ ބުދަަ ދުވަހުގެ ހެނދުނު ކަމަށެވެ.

ބޯޓުގައި ތިބީ ކިހާ އަދަދެއްގެ މީހުންކަން ޔަގީންކޮށް ނޭނގޭ އިރު، 400 އެއްހާ މީހުން އޭގައި ދަތުރުކުރަމުން ގޮސްފައިވުން އެކަށީގެންވާ ކަމަށް ގްރީސްގެ މައިގްރޭޝަން މިނިސްޓްރީން ބުންޏެވެ.

ގާތްގަނޑަކަށް 30 މީޓަރު ދިގު މަސް ބޯޓުގެ ޑެކުގައި މީހުން ފިތިބާރުވެގެން ތިބި އިރު، އޭގެ އެތެރެ ބައިގައި ވެސް މީހުން ތޮއްޖެހިފައި ތިބޭނެ ކަމަށް އޮފިޝަލުން ގަބޫލުކުރެ އެވެ.

ސަލާމަތްވި މީހުންގެ ތެރޭގައި ހިމެނެނީ ސީރިއާ، ޕާކިސްތާން އަދި މިސްރުގެ ރައްޔިތުންނެވެ.

ގްރީސްގެ ތާރީހުގައި ހިޖުރަ ކުރަން މަސައްކަތް ކުރި މީހުން މަރުވެގެން އެންމެ ހިތާމަވެރި ހާދިސާއެއް ހިނގީ 2016 ގަ އެވެ، އެ ފަހަރު 320 މީހުން މަރުވި އެވެ.