20 ޖޫން 2023 - 10:20 0
މުހައްމަދު ޝަހްޒާން
20 ޖޫން 2023 - 10:20 0
ގިނަ ޕްރޮޑަކްޓުތަކާ އެކު ސޮނީ ސްޕޯޓްސްގެ "ބެކް ޓު ސްކޫލް" ކެމްޕެއިން ފަށައިފި އެވެ.
އަންނަ އޯގަސްޓު، 12 ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކެމްޕެއިނަށް ހާއްސަކޮށް ސޮނީ ސްޕޯޓްސް އިން ވަނީ ކިޔަވާ ކުދިންނަށް ހާއްސަ ސްކޫލް ސާމާނުގެ ތަފާތު އެތައް ވައްތަރެއް ގެނެސްފަ އެވެ. އޭގެތެރޭގައި ސްކޫލް ބޫޓާއި ދަބަހުގެ އިތުރުން ކާން ބޭނުން ކުރާ ތައްޓާއި ފެންފުޅި ހިމެނެ އެވެ.
ސޮނީ ސްޕޯޓްސްގެ އޮފިޝަލް ވިދާޅުވީ "ބެކް ޓު ސްކޫލް" ކެމްޕެއިން ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮލެޓީ ރަނގަޅު ޕްރޮޑަކްޓުތަކެއް އެއްތަނަކުން ކަސްޓަމަރުންނަށް ގަތުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ ގިނަ ދުވަހު ބޭނުން ކުރެވޭ ކޮލެޓީ ރަނގަޅު ސްޓައިލިޝް ޕްރޮޑަކްޓުތަކެއް ކަސްޓަމަރުންނަށް ލިބޭނެ މަގު ފަހިކޮށްދިނުން، އާ އަހަރު ކުދިން ކިޔަވަން ދަނީ އެންމެ ފުރިހަމައަށް ތައްޔާރުވެގެންކަން ޔަގީން ކުރުން،" އޭނާ ވިދާޅުވި އެވެ.
ސޮނީ ސްޕޯޓްސްގެ "ބެކް ޓު ސްކޫލް" ކެމްޕެއިން ކުރިއަށް ދާނީ ސޮނީ ސްޕޯޓްސް ކިޑްސް އަދި ސޮނީ ސްޕޯޓްސް ލައިފްސްޓައިލްގަ އެވެ. އޭގެއިތުރުން ސޮނީ ސްޕޯޓްސްގެ ވެބްސައިޓުން ވެސް "ބެކް ޓު ސްކޫލް" ކެމްޕެއިނުގެ ދަށުން ގަންނަން ލިބޭ ޕްރޮޑަކްޓުތަކުގެ މައުލޫމާތު ލިބޭނެ އެވެ.
ސޮނީ ސްޕޯޓްސްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކޮލެޓީ، މަޝްހޫރު ބްރޭންޑުތަކުގެ ޕްރޮޑަކްޓުތައް ވިއްކަމުންދާ އެއް ކުންފުންޏެވެ. ސޮނީ ސްޕޯޓްސްގެ ފިހާރަތަކުގައި ވިއްކާ ބްރޭންޑުތަކުގެ ތެރޭގައި އެޑިޑާސް، ޕޫމާ، ކުއިކްސިލްވާ، ބިލަބޮންގް، ރިޕްކާލް އަދި ލިވައިސް ހިމެނެ އެވެ.
Comment