Advertisement

އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް ބޮޑު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

4 ޖޫން 2023 - 23:39 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައީސް މިރޭ އައްޑޫގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ދުވަސްވީ މީހުންނަށް ދޭ އެލަވަންސް މުތާލިއާ ކުރަމުންދާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް ބޮޑު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

4 ޖޫން 2023 - 23:39 0

އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ 5000ރ. ގެ އެލަވަންސް މުތާލިއާ ކުރައްވަމުން އަންނަ ކަމަށާއި އެ އެލަވަންސަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ތަރައްގީގެ މަޝްރުއޫތައް ފެއްޓެވެމަށް ރައީސް ސޯލިހު މިހާރު އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިރޭ ރައްޔިތުންނާ ބައްްދަލުކޮށް ވާހަކަ ދަައްކަވަމުން ވިދާޅުވީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދެމުން އަންނަ އެލަވަންސަށް ހެޔޮ ބަދަލެއް ގެންނަން ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށެވެ.

"ދެން އޮތީ ދުވަސްވީ މީހުންނަށް، އަޅުގަނޑުމެންގެ އިސް ރަށްވެހިންނަށް ދެމުން އަންނަ އެލަވަންސަށް ހެޔޮ ބަދަލު [ގެނައުން]. އެވެސް އަޅުގަނޑުމެން މިހާރު މިގެންދަނީ މުތޯލިއާ ކުރަމުން. އެއަށް ގެންނަން ޖެހޭ ބަދަލުތަކާ އެކީގައި އެއަށް ވެސް ކުރިއަަށް އޮތްް ތަނުގައި އެ ބަދަލު އަންނާނެ،" ރައީސް ސޯލިހު ވިދާާޅުވި އެވެ.

އޭގެ އިތުރުން، އައްޑޫ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މި ސަރުކާރަށް ތަރައްގީގެ މަސައްކަތަށް ލިބުނީ ތިން އަހަރެއްހާ ދުވަސް ކަމަށާއި އެ މުއްދަތުގައި ހިންގީ ގައުމަށް އެންމެ ބޭނުންވާ ޕްރޮޖެކްޓުތައް ކަމަށެވެ.

"ތައުލީމަށް ބޮޑެތި އިންވެސްޓުތަކެއް އެބަ ކުރެވޭ. ހިލޭ ޑިގްރީ އެބަ ދެވޭ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލުތައް އެބަ ގާއިމްކުރެވޭ، ޓްރެއިން ކޮށްގެން މީހުން އެބަ ނެރެވޭ، އެހެން ނަަމަަވެސް [އިޖްތިމާއީ، އާއިލީ] އިޝޫތައް ހައްލު ނުކޮށެއް ސްޓެބިލިޓީއެއް، ހައްލެއް ގާއިމެއް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.