25 މޭ 2023 - 18:27 0
އާމިނަތު ނިއުޝާ
ވެލިގާ ހާޑްވެއާއިން ނިޕޯން ކުލަ ވިއްްކަންް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އިޔާން/އަދަދު
25 މޭ 2023 - 18:27 0
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހާޑުވެއާ ވިޔަފާރި ކުރަމުން އަންނަ އެއް ކުންފުނި، ވެލިގާއިން ނިޕޯން ކުލައާއި ދަވާދު ވިއްކަން ފަށައިފި އެވެ.
ވެލިގާ ހާޑްްވެއާގެ ފިހާރަތަކުން ނިޕޯން ކުލަ ވިއްކަން ފަށާފައި ވަނީ ނިޕޯން ބްރޭންޑުގެ ކުލަ އާއި ދަވާދު އަދި ކުލަ ލުމަށް ބޭނުންކުރާ އާލާތްތައް މާކެޓްކޮށް ޑިސްޓްރިބިއުޓްކުރާ ސްޓޭޓްްް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ)އާ ގުޅިގެންނެވެ.
އާންމުކޮށް ކަސްޓަމަރުން ގަންނަ މި ބްރޭންޑުގެ ކުލަތަކާއި ދަވާދު، ވެލިގާގެ ފިހާރަތަކުގެ ތެރެއިން މިހާރު ލިބޭނީ ހުޅުމާލެ ފިހާރައިންނާއި ޖަނަވަރީމަގުގައި ހުންނަ ފިހާރައިންނެވެ. ވެލިގާއިން ވިއްކަމުން ދާނީ އެސްޓީއޯއާ އެއް އަގެއްގަ އެވެ.
ވެލިގާ ހާޑްވެއާއިން ނިޕޯން ކުލަ ވިއްްކަންް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އިޔާން/އަދަދު
"އަޅުގަނޑުމެން މިއަދު އެސްޓީއޯ އާއި ވެލިގާ ހާޑްވެއާއާ އެކު މިވެވުނު އެއްބަސްވުމާއެކު ކަސްޓަމަރުންނަށް ބޭނުންވާ ޕްރޮޑަކްްޓުތައް ފަސޭހަކަމާއެކު ވެލިގާއިންވެސް ލިބޭނެ އިންތިޒާމު ހަމަޖެހިގެން މިދިޔައީ. މިއާއެކު އަޅުގަނޑުމެންގެ އުންމީދަކީ ނިޕޯންގެ އުފެއްދުންތައް މާކެޓުގައި އިތުރަށް ފުޅާވެގެން ދިއުން" އެސްްޓީއޯގެ ސްޓެރެޓީޖިކް ސޭލްސް މެނޭޖަރު އަބްްދުލް މަޖީދު މުހައްމަދު ވިދާޅުވި އެވެ.
ވެލިގާއަކީ ދުނިޔޭގައި ނަން މަޝްހޫރު އެތައް ބްރޭންޑެއްގެ ހާޑްވެއާ ސާމާނު ވިއްކަމުން އަންނަ ރާއްޖޭގައި ނަން ހިނގާ ވިޔަފާރިއެކެވެ. ވެލިގާގެ ފިހާރަތަކުން ލިބޭނެ އުފެއްދުންތަކުގެ ތެރޭގައި ސެލީސް، މެޓާބޯ، ނިޕެކްސް، ވެރާ، ވީއާރުއެޗް އަދި މެޑްކާ ފަދަ ބްރޭންޑުތަކުގެ ތަކެތި ހިމެނެ އެވެ.
Comment