Advertisement

އިންކަމް ސަޕޯޓްގެ 500 ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވަނީ

21 މޭ 2023 - 12:40 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ފުވައްމުލަކުގެ ދަނޑުވެރިއެއް: އަމިއްލަ މަސައްކަތް ކުރާ ފަރާތަތަކަށް އިންކަމް ސަޕޯޓަށް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހަމަވާނެ-- އަދަދު ފޮޓޯ/ މިރާޝް މާސިން


އިންކަމް ސަޕޯޓްގެ 500 ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވަނީ

21 މޭ 2023 - 12:40 0

ކޮވިޑް-19 އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ހުޅުވާލާފައިވާ، 500 ޖާގަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޖޮބްސެންޓަރު މެދުވެރިކޮށް ހުޅުވާލާފައިވާ މި ފުރުސަތަށް އެދި ހުށަހަޅަން ޖެހެނީ ޖޮބްސެންޓަރުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މި ޕްރޮގްރާމްގެ ދަށުން ހަތް ދާއިރާ އަކުން އަމިއްލަ މަސައްކަތް ކުރާ ކޮންމެ ފަރާތަކަށް 60،000 ރުފިޔާ އާ ހަމަަށް ފައިސާގެ އެހީ ދެ އެވެ. އަދި މިބުރުގައި ހުޅުވާލާ 500 ފުރުސަތުގެ ތެރެއިން 40 ޕަސެންޓް ޖާގަ ހާއްސަ ކޮށްފައިވަނީ އަންހެނުންނަށެވެ.

އެހީދޭ ދާއިރާތައް

  1. އަތްތެރި މަސައްކަތް
  2. ބިއުޓީ އަދި މޭކަޕް ކުރުން
  3. ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
  4. ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް
  5. އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
  6. ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް
  7. ކުޅިވަރު އަދި ފިޓްނަސް

ޖޮބްމާކެޓް ވެބްސައިޓުގައި ޝާއިއު ކޮށްފައިވާ މި ޕްރޮގްރާމްގެ އުސޫލުގައި ބުނާ ގޮތުން ފައިސާ ދޫކުރާނީ ދެ އިންސްޓޯލްމަންޓަކަށް ބަހާލައިގެންނެވެ. ފުރަތަމަ އިންސްޓޯލްމަންޓުގައި 80 ޕަސެންޓަށްވާ ފައިސާ ދޫކުރާނެ އެވެ. ހުށަހަޅާ ފަރާތުން ފައިސާ ގެ އަދަދު އެއް ފަހަރާ ބޭނުންވާ ސަބަބު ސާފުކޮށް ދީފިނަމަ، ޖުމްލަ އަދަދު އެއް ފަހަރާ ވެސް ދޫކުރެ އެވެ.

މި ޕްރޮގްރާމަށް ޝަރުތު ހަމަވަނީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ރާއްޖޭގައި ދިރިއުޅޭ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކެވެ. އަމިއްލަ ނަމުގައި ބޭންކް އެކައުންޓެއް އޮންނަން ޖެހޭއިރު، އަމިއްލަ މަސައްކަތް ކުރާކަން ލިޔެކިޔުމުން ސާބިތުކޮށްދޭން ޖެހެ އެވެ. މި ޕްރޮގްރާމް ގެ ދަށުން ފައިސާ ދޫކުރަނީ ހަރުމުދާ ގަތުމަށް ނުވަތަ ހިދުމަތެއް ހޯދުމަށާއި ވިޔަފާރި އަށް ބޭނުންވާ މުދާ ގަތުމަށެވެ.