Advertisement

ސަރުކާރުގެ ހަރަދުގައި 41 ޑައިވް އިންސްޓްރަކްޓަރުން ތަމްރީނުކޮށްފި

22 އޮގަސްޓު 2022 - 13:37 0

އަމަން ހަލީމް

އަމަން ހަލީމް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއެކީ ޕްރޮގްރާމު ފުރިހަމަކުރި ޑައިވް އިންސްޓްރަކްޓަރުން: މިއީ ދިވެހިންނަށް ހުނަރު އުނގަންނައިދޭން ސަރުކާރުން ކޯސް ފީ ދައްކާ ގޮތަށް ޑައިވް ސެންޓަރުތަކާ ގުޅިގެން ހިންގި ޕްރޮގްރާމެއް. -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ


ސަރުކާރުގެ ހަރަދުގައި 41 ޑައިވް އިންސްޓްރަކްޓަރުން ތަމްރީނުކޮށްފި

22 އޮގަސްޓު 2022 - 13:37 0

ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރު އާމްދަނީއަށް ގެއްލުން ލިބުނު މީހުންނަށް އަމާޒުކޮށްގެން ފެށި އިންކަމް ސަޕޯޓު ޕްރޮޖެކްޓުގެ ދަށުން ސަރުކާރުގެ ހަރަދުގައި 41 ޑައިވް އިންސްޓްރަކްޓަރުން ތަމްރީނުކޮށްފި އެވެ.

މި ޑައިވް އިންސްޓްރަކްޓަރުން ތަމްރީނުކުރީ އިކޮނޮމިކް މިނިސްޓްރީން ކުރިޔަށްގެންދާ އިންކަމް ސަޕޯޓު ޕްރޮޖެކްޓުގެ ދަށުން ހިންގޭ "ސްކިލް ޓްރެއިނިން" ޕްރޮގްރާމެއްގެ ތެރެއިންނެވެ.

ދިވެހި ޑައިވް ސެންޓަރުތަކާ ގުޅިގެން ހިންގި މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ދަށުން ކޯސް ނިންމި ޑައިވަރުންނާ މިއަދު ލިޔުން ހަވާލުކޮށްފައިވާއިރު، މިއީ މިއިން ޕްރޮގްރާމެއް ފުރިހަމަކުރި ފުރަތަމަ ބެޗެވެ. މި ޕްރޮގްރާމުގައި ބައިވެރިވި ޑައިވަރުން ފުރިހަމަކުރީ ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވް އިންސްޓްރަކްޓާސް، ޕަޑީގެ ޑައިވް އިންސްޓްރަކްޓާ ކޯހެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި 41 ޑައިވަރުންގެ އިތުރުން 150 އަށް ވުރެ ގިނަ ދިވެހިން ދަނީ މިހާރު ވެސް ޑައިވް މާސްޓާ އަދި ޑައިވް އިންސްޓްރަކްޓާ ކޯސް ކިޔަވަމުންނެވެ.

ޑައިވިން ދާއިރާގެ އިތުރުން އެކައުންޓިން އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ވެސް މިފަދަ ޕްރޮގްރާމްތަކެއް ދަނީ ހިންގަމުންނެވެ. މިއީ ވަޒީފާއަކަށް ނުދާ ނޫނީ ޕާޓް ޓައިމް ވަޒީފާއެއްގައި އުޅޭ 16 އަހަރާއި 65 އަހަރާ ދެމެދުގެ އެންމެނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމުތަކެވެ.