Advertisement

ކަނޑު "ވިއްކާލައިފި" ކަމަށް ބުނަމުންދަނީ ސިޔާސީ ބޭނުމަކަށް: އެމްއާރްއެމް

17 މޭ 2023 - 22:41 3

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އެމްއާރްއެމްގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް؛ އެމްއާރްއެމުން ބުނީ ކަނޑު ވިއްކާލިޔޭ ކިޔައި ދައްކަނީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށް-- ފޮޓޯ: ރައީސް އޮފީސް


ކަނޑު "ވިއްކާލައިފި" ކަމަށް ބުނަމުންދަނީ ސިޔާސީ ބޭނުމަކަށް: އެމްއާރްއެމް

17 މޭ 2023 - 22:41 3

ރާއްޖޭގެ މަސް ކަނޑުން ބައެއް ވިއްކާލައިފިއޭ ކިޔައި އިދިކޮޅު ޕާޓީތަކުން ދައްކަނީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށާއި، އިމުގެ މައްސަލަ ފަދަ ބޮޑު މައްސަލައެއް ސިޔާސީ ނުކުރުމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓުން ގޮވާލައިފި އެވެ.

އިމުގެ މައްސަލައިގައި އިދިކޮޅުން ބޭއްވި ހަރަކާތުގައި އެމްއާރްއެމުން ފުރަތަމަ ބައިވެރިވި އެވެ. އެހެންނަމަވެސް އެ ޕާޓީން ވަނީ އެ ކަމުގައި ބައިވެރިނުވާން ނިންމައިފަ އެވެ.

އެ މައްސަލައިގައި އެ ޕާޓީން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު އިޓްލޮސް އިން ނިންމި ގޮތަކީ ކާމިޔާބިއެއް ކަމަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.

"މިމައްސަލަ ނިމިގެން ދިޔަގޮތުން މިހާރު މިވަނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ކުޑަވެ، ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުން އެކަމެއްގެ މައްޗަށް ބަރޯސާވެފައިއޮތް މަސްވެރިކަމުގެ ސިނާއަތަށްވެސް ވަރަށް ބޮޑު ގެއްލުންތަކެއް ލިބޭގޮތަށެވެ،" އެ ޕާޓީން ބުނެފައިވެ އެވެ.

މި މައްސަލައިގައި ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅުނު ސްޓޭންޑު ބަދަލުކޮށް، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ ހާމަކޮށްފައިނުވުމަކީ އޭގެ އަޑީގައި ކަންތައްތަކެއް ވާނެ ކަމެއް ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

"މި ކަމާ ގުޅޭ ސައްހަ މަޢުލޫމާތު ފޯރުކޮށްދީފައި ނުވުމާއި މި މައްސަލައިގައި ސަރުކާރުގެ ނިންމެވުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި މިކަމުގައި މަޖިލީހުގެ ބަހެއް ސަރުކާރުން ހޯއްދަވާފައި ނުވާތީ އެމްއާރްއެމް އިން ނުހަނު ކަންބޮޑުވަމެވެ." އެ ޕާޓީން ބުނެފައިވެ އެވެ.

ރާއްޖޭގެ ސިޔާދަތީ ހައްގަކަށް ކުޑަވެސް އުނިކަމެއް ލިބިދާނެ ކަމަކަށް އެ ޕާޓީން ތާއީދު ނުކުރާ ކަމަށާއި ސަރުކާރުން އެފަދަ ނިންމުމެއް ނިންމާފައިވަނަމަބަދަލުކޮށް، އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަށް އެ ޕާޓީން ވަނީ ގޮވާލައިފި އެވެ.

އެހެންނަމަވެސް، މި މައްސަލައިގައި ވަކި ބަޔަކު ސިޔާސީ މަގުސަދެއް ހާސިލް ކޮށް، މަސްހަލަތު ގެއްލޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެކަމަށް އެ ޕާޓީން ތާއީދު ނުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

"މި މައްސަލައަކީ ސިޔާސީ މައްސަލައަކަށް ނުވާއިރު، ބައެއް ފަރާތްތަކުން މިމައްސަލަ ސިޔާސީ މައްސަލައެއްގެ ގޮތުގައި ނަގަމުންދާކަން ހިތާމައާއެކު ފާހަގަކޮށް، ގައުމީ މަސްލަހަތު ހިމެނޭ މިފަދަ ކަންކަން ސިޔާސީ ކުރުން ހުއްޓާލުމަށް އެމްއާރްއެމުން ގޮވާލަމެވެ،" އެ ޕާޓީން ބުނެފައިވެ އެވެ.