18 ފެބުރުވަރީ 2026 - 12:30 0
ޗާގޯސްގެ ރަށެއްގައި މިވަގުތު ވަޒަންވެރިވެގެން ތިބި މީހުންގެ ތެރެއިން އިސް މީހަކަށް ހުރި މެންޑަރިން ---
18 ފެބުރުވަރީ 2026 - 12:30 0
އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލި މައްސަލައާ ދެކޮޅު ހެދުމުގެ ގޮތުން ޗާގޯސްއަށް ނިސްބަތްވާ ހަތަރު މީހުން އެ އަތޮޅުގައި ދާއިމީ ގޮތެއްގައި ވަޒަންވެރިވުމަށް ގޮސްފި އެވެ.
އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އެއްބަސްވީ އދ. އިން އެދެމުންދާތާ އެތައް އަހަރެއް ފަހުންނެވެ. އެގޮތަށް އެކަން ކުރުމަށް އަންގާ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އެޑްވައިޒަރީ އޮޮޮޕީނިއަންއެއް ދީފަ އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ވެސް ވަނީ ނިންމާފަ އެވެ. މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާ ކުރަނީ، އަސްކަރީ ބޭސް އަޅަން ޗާގޯސްގެ 2000 އެއްހާ މީހުން މޮރިޝަސްއަށް ފޮނުވާލީމަ އެވެ.
އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ މިހާރު މޮރިޝަސް އާއި އިނގިރޭސިވިލާތުގަ އެވެ. ގިނަ މީހުން ބޭނުންވަނީ އެނބުރި ޗާގޯސްއަށް ދިޔުމަށެވެ.
ޗާގޯސްގެ ރަށަކަށް އެރި ހަތަރު މީހުންގެ ތެރެއިން ލީޑަރެއްގެ ގޮތުގައި ހުރި މިސްލީ މިންޑަރިން ބުނި ގޮތުގައި އެ މީހުން މިވަގުތު އުޅެނީ ޓެންޓުގަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މީހުން އެ މީހުންނާ ބައިވެރިވުމަށް އެ އަތޮޅަށް އަންނާނެ އެވެ.
މެންޑަރިން ރޮއިޓާސްއަށް ބުނި ގޮތުގައި އޭނާގެ ބައްޕަގެ އުމުރުން 14 އަހަރުގައި އޭނާގެ އާއިލާ އާއެކު އެ އަތޮޅުން ގަދަކަމުން ބޭލުވި އެވެ.
ޗާގޯސްގެ ހުރިހާ ރަށްތަކެއްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ އެއްބަސްވުމުގައި ސޮއިކުރީ މެއި 2025، ގަ އެވެ. ނަމަވެސް އެ ރަށްތަކުގެ ތެރެއިން ޑިއޭގޯ ގާސިއާ 99 އަހަރަށް އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާ އާއި އިނގިރޭސިވިލާތަށް އެ އެއްބަސްވުމުގެ ދަށުން ލިބެ އެވެ.
ޗާގޯސްއަށް ނިސްބަތްވާ ބަޔަކު އެ އަތޮޅަށް ގޮސްފައި މިވަނީ މިވަގުތު އޮތް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ ތަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައި ވަނިކޮށެވެ.
ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް މުއިއްޒު ދެ ސިޓީއެއް ފޮނުވި އެވެ. އެއް ސިޓީ ނޮވެމްބަރު 2024، ގައި ފޮނުވިއިރު ދެވަނަ ސިޓީ ފޮނުވީ ޖެނުއަރީ 2026، ގަ އެވެ.
އެ ސިޓީތަކަށް ބެލުމެއް ނެތި އިނގިރޭސި ސަރުކާރުން ވަނީ މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމާ އެކު ކުރިއަށް ދިޔުމަށް ނިންމާފަ އެވެ.
Comment