Advertisement

ވޯޓާ ސްޕޯޓްސްއަށް ހުޅުމާލޭން ދޫކުރާ ބިމުގެ ޖާގަ އިތުރުކޮށްފި

17 މޭ 2023 - 19:25 0

ވޯޓާސްޕޯޓްސްއަށް ހުޅުމާލެ ބީޗުން ދޫކޮށްފައިވާ ބިމެއް؛ ހުޅުމާލެ ބީޗުން ވޯޓާސްސްޕޯޓްސްއަށް ދޫކުރާ ބިމުގެ ޖާގަ އިތުރުކުރަން ނިންމައިފި - ފޮޓޯ: އެޗްޑީސީ


ވޯޓާ ސްޕޯޓްސްއަށް ހުޅުމާލޭން ދޫކުރާ ބިމުގެ ޖާގަ އިތުރުކޮށްފި

17 މޭ 2023 - 19:25 0

ހުޅުމާލޭގައި ވޯޓާ ސްޕޯޓްސް ހިންގުމަށް ދޫކޮށްފައިވާ ސަރަހައްދުތަކުގެ ޖާގަ އިތުރުކޮށްފި އެވެ.

އާބަންކޯއިން ނެރުނު ބަޔާނެއްގައި ވަނީ ވޯޓާ ސްޕޯޓްސް ހަރަކާތްތައް ހިންގުމަށް ހުޅުމާލެ ބީޗުން ދޫކޮށްފައިވާ 12 ބިމުގެ ޖާގަ އޮތް އިރު އެއިން ކޮންމެ ޖާގައަކަށް އިތުރު 20 ފޫޓު ދީފައިވާ ކަމަށެވެ.

މި ގޮތަށް ބިން އިތުރުކޮށްދިނީ ވޯޓާ ސްޕޯޓްސް ހަރަކާތްތައް ހިންގާ ފަރާތްތަކުން އާންމު ހިދުމަތްތައް ގާއިމްކުރުމަށް ފަސޭހަކޮށްދިނުމަށް ކަމަށް އާބަންކޯއިން ބުންޏެވެ.

އޭގެ ތެރޭގައި ޕަބްލިކް ޓޮއިލެޓަކާއި، އައުޓްޑާ ޝަވަރެއް ގާއިމްކުރަން ޝަރުތުކޮށްފައިވެ އެވެ. އަދި އެ ފަރާތްތަކަށް ދޫކޮށްފައިވާ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ސާފުކުރުމާއި، މެއިންޓަނަންސް މަސައްކަތްތަކަކީ އެ ސަރަހައްދު ދޫކޮށްފައިވާ ފަރާތްތަކުގެ ޒިންމާއެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އަރބަންކޯއިން މަސައްކަތްކުރަމުން އަންނަނީ ހުޅުމާލޭގެ ބީޗު ސަރަހައްދުން އާންމުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، އާންމުން އެންމެ ބޭނުންވާނެ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ މަގްސަދުގައި މީގެ ކުރިން މި ކުންފުނިން ވާނީ ވޯޓާސްޕޯޓްސް ހިންގާ ފަރާތްތަކަށް ޓޭކްއަވޭ ޚިދުމަތް ދިނުމުގެ ހުއްދަވެސް ދީފަ އެވެ. އޭގެ ސަބަބުން ބީޗަށް ދާ ކޮންމެ މީހަކަށް ވެސް ބޭނުންވާ ސްނެކްސް ފަދަ ކާބޯތަކެއްޗާއި ފެން އަދި މި ނޫން ވެސް ބައެއް ތަކެތި އެ ސަރަހައްދުން ލިބޭނެ މަގު ވާނީ ފަހިވެފަ އެވެ.

މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް، ހަފްތާ ބަންދާއި އެކި ޗުއްޓީތަކުގައި ހުޅުމާލެ އައިސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އުޅެމުން އަންނައިރު، ހުޅުމާލޭގެ ހުރިހާ ސަރަހައްދަކީ ވެސް މުޖުތަމައުގެ ގުޅުން ބަދަހިކޮށް، އާއިލާތަކާއި ރަހްމަތްތެރިންނަށް ވެސް ބޭނުންކުރެވޭނެ ފަދަ މާހައުލަކަށް ހެދުމަށް އާބަންކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.