Advertisement

ނާގަލްސްމަން އަށް ޓޮޓެންހަމް އިން ފުރުސަތެއް ނެތް

13 މޭ 2023 - 15:14 0


ނާގަލްސްމަން އަށް ޓޮޓެންހަމް އިން ފުރުސަތެއް ނެތް

13 މޭ 2023 - 15:14 0

ލަންޑަން (މެއި 13) - ހުސްވެފައިވާ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުގެ މަގާމު ޖަރުމަންގެ ހޫލިއަން ނާގަލްސްމަން އަށް އެ ކްލަބުން ހަވާލުނުކުރާނެކަން ކަށަވަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ޓޮޓެންހަމްގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ މާޗު މަހު ވަކިކުރި ފަހުން، އެ ކްލަބުން ދާއިމީ ކޯޗެއް ހަމައެއްނުޖައްސަ އެވެ. ވަގުތީ ކޯޗަކަށް ހަމަޖެއްސި ކްރިސްޓިއަން ސްޓެލީނީ އޭޕްރީލް މަހު މަގާމުން ވަކިކޮށް، ރަޔާން މޭސަން އަށް ވަނީ ވަގުތީ ކޯޗުކަން ދީފަ އެވެ.

މާޗު މަހު ބަޔާން މިއުނިކްގެ ކޯޗުކަމުން ވަކިކުރި ނާގަލްސްމަން، 35، އަށް ޓޮޓެންހަމްގެ ކޯޗުކަން ހަވާލުކުރަން އުޅޭ ކަމަށް ދާދި ފަހުން ވަނީ އަޑުތަކެއް އަރައިފަ އެވެ.

އެކަމަކު، "ބީބީސީ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނާގަލްސްމަން އަށް ކޯޗުކަން ހަވާލުކުރުމުގެ ވިސްނުމެއް ޓޮޓެންހަމްގައި ނެތް ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ނާގަލްސްމަންއާ އެއްވެސް މަޝްވަރާއެއް ވެސް މިހާތަނަށް ނުކުރާ ކަމަށެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ޓޮޓެންހަމް އިން ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑެ ޒާބީއާ އާއި ބާންލީގެ ކޯޗު ވިންސެންޓް ކޮމްޕެނީ އަށް ޝައުުގުވެރިވެއެވެ.

ކުރިން އާރްބީ ލައިޕްޒިގް އާއި ހޯފެންހައިމް އަށް ވެސް ކޯޗުކޮށްދިން ނާގަލްސްމަން އަށް ޗެލްސީން ވެސް ޝައުގުވެރިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.