Advertisement

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމަށް އާދަމް މުހައްމަދު އައްޔަންކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަން ކުރި އާދަމް މުހައްމަދާއި، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން - ފޮޓޯ: ޖޭއެސްސީ


ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމަށް އާދަމް މުހައްމަދު އައްޔަންކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މިއަދު އައްޔަންކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައިވާ ގޮތުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވުމުން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލީ އެންމެ ފަރާތެކެވެ. އެއީ ޅ. ހިންނަވަރު، މާތިލަ އާދަމް މުހައްމަދެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އާދަމް މުހައްމަދު އައްޔަން ކުރަން ނިންމީ، އިންޓަވިއު ކުރުމަށް ފަހު ފަނޑިޔާރުން އައްޔަން ކުރުމުގައި ލަފާ ދިނުމަށް ކޮމިޝަނުގައި އެކުލަވާލާފައި އޮންނަ ކޮމިޓީން އެ ގޮތަށް ލަފާ ދިނުމުން ކަމަށް ޖޭއެސްސީން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އާދަމް މުހައްމަދު އައްޔަން ކުރުމަށް ނިންމިއިރު، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ޝަކީލް ހައި ކޯޓަށް އައްޔަން ކުރުމުން ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުމަށް ހަވާލުކުރީ ވެސް ގާޒީ އާދަމް މުހައްމަދަށެވެ.

އޭގެ އިތުރުން، ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް އަހުމަދު ނިމާލް ޖުނައިދު އައްޔަންކުރުމަށް ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.