Advertisement

ސަފާރީއެއްގެ ބުރަފަތީގައި ޖެހި މީހަކު މަރުވެއްޖެ

3 މޭ 2023 - 21:14 0

ރ. އިނގުރައިދޫ؛ އެ ރަށުގައި މިއަދު މަރުވެފައިވަނީ ކުރީގެ ކައުންސިލް މެންބަރެއް--


ސަފާރީއެއްގެ ބުރަފަތީގައި ޖެހި މީހަކު މަރުވެއްޖެ

3 މޭ 2023 - 21:14 0

ރ. އިނގުރައިދޫ ފަޅުތެރޭގައި އޮތް ސަފާރީއެއްގެ ބުރަފަތީގައި ޖެހިގެން މީހަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ މަރުވެފައިވަނީ ސަފާރީ ރަށު ފަޅަށް ވަންނަ އުޅުމުގެ ތެރޭގައި ބުރަފަތީގައި ވާ އޮޅިގެން ވާ ނެއްޓުމަށް ފޭބި ވަގުތު ބުރަފަތީގައި ޖެހިގެން ކަމަށެވެ. ވާ ނައްޓަން ފޭބިއިރު އިންޖީނު ނިއްވާނުލާ ކަމަށްވެ އެވެ.

މިއަދު އިރު އޮއްސުނު ވަގުތު ހިނގި އެ ހާދިސާގައި ނިޔާވީ އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އިނގުރައިދޫ ހެލްތް ސެންޓަރާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ އެ ރަށު ކައުންސިލްގެ ކުރީގެ މެންބަރެއް ކަމަށްވާ އަހުމަދު އިބްރާހީމެވެ. އޭނާ މަސައްކަތް ކުރަމުން އަންނަނީ އެ ސަފާރީގަ އެވެ.