Advertisement

އެމްޑީޕީ ދޫކޮށް ހަސަންޓޭ ޕީއެންސީއަށް; އިނގުރައިދޫ ދާއިރާއަށް ވާދަނުކުރައްވާނެ

7 ޖަނަވަރީ 2024 - 09:44 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހަސަންޓޭ ފޯމު ރައީސް މުއިއްޒުއާ ހަވާލުކުރައްވަނީ


އެމްޑީޕީ ދޫކޮށް ހަސަންޓޭ ޕީއެންސީއަށް; އިނގުރައިދޫ ދާއިރާއަށް ވާދަނުކުރައްވާނެ

7 ޖަނަވަރީ 2024 - 09:44 2

ރައްޔިތުންގެ މަޖިލީހުގެ ރ. އިނގުރައިދޫ ދާއިރާގެ ގޮނޑި އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ފުރުއްވަމުން ގެންދަވާ ހަސަން އަހްމަދު (ހަސަންޓޭ) ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވައިފި އެވެ.

އެކްސްގައި ހަސަންޓޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ކުރިއަށް ދިއުމަށް ނިންމާފައިވާ ކަމަށެވެ.

"މިއަދުން ފެށިގެން އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެކު ކުރިއަށް ދިއުމަށް ނިންމައިފީމެވެ. ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ޕީއެންސީއާއެކު ހުންނާނެ ވާހަކަ ދަންނަވަމެވެ،" އެކަން ހާމަކުރައްވަމުން ހަސަންޓޭ ވިދާޅުވެފައިވެ އެވެ.

މިއަހަރު އޮންނަ މަޖިލިސް އިންތިހާބުގައި އޭނާ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަނުކުރައްވާނެކަން "އަދަދު" ނޫހަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.

ހަސަން އަކީ އެމްޑީޕީއާ އެކު އިސްލާހީ ހަރަކާތުގައި ވެސް ހަރަކާތްތެރިވި ބޭފުޅެކެވެ. މިއީ ހަސަން އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ސޮއި ކުރެއްވި ފުރަތަމަ ފަހަރެވެ.

އެމްޑީޕީއަށް ހަސަންޓޭ ސޮއިކުރެއްވީ 154 ވަނައަށް ކަމަށް އޭނާ ވިދާޅުވެ އެވެ. އޭނާއަކީ އެ ޕާޓީގެ އިނގުރައިދޫ ދާއިރާގެ ރައީސްގެ މަގާމާއި ކެމްޕޭން ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.