Advertisement

އޮލްމޯގެ މޮޅު ކުޅުމާ އެކު ލައިޕްޒިގް ފައިނަލަށް

3 މޭ 2023 - 18:45 0


އޮލްމޯގެ މޮޅު ކުޅުމާ އެކު ލައިޕްޒިގް ފައިނަލަށް

3 މޭ 2023 - 18:45 0

ބާލިން (މެއި 3) - ސްޕެއިންގެ ފޯވަޑް ޑެނީ އޮލްމޯގެ މޮޅު ކުޅުމާ އެކު ޖާމަން ކަޕް ސެމީ ފައިނަލްގައި ރޭ ފްރައިބާގް އަތުން 5-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އާރްބީ ލައިޕްޒިގް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިިދިޔަ އަހަރުގެ ޖަރުމަން ކަޕްގެ ފައިނަލްގައި ވެސް ވާދަކުރި ދެ ޓީމުގެ ކުރިމަތި މެޗުގެ ކުރީކޮޅު ފްރައިބާގް އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެހެން ނަަމަވެސް، ފުރަތަމަ ހާފުގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލައިޕްޒިގް އިން ދެ ލަނޑު ޖަހައި، މެޗުގެ އޮއިވަރު ބަދަލުކޮށްލި އެވެ.

މެޗުގައި ތަފާތު ދެއްކި ކުޅުންތެރިއަކީ ސްޕެއިންގެ ގައުމީ ޓީމަށް ވެސް ކުޅޭ ފޯވަޑް އޮލްމޯ ،24, ވަނީ މެޗުގައި ލަނޑެއްޖަހައި، ފުރަތަމަ ހާފުގައި އިތުރު ތިން ލަނޑު ޖަހަން އެސިސްޓްކޮށްދީފައެވެ.

މެޗުގެ 13 ވަނަ މިނިޓުގައި ލައިޕްޒިގް އިން ލީޑު ނެގީ އޮލްމޯ ޖެހި ލަނޑުންނެވެ. އަދި އޭގެ އިރުކޮޅެއް ފަހުން، ލައިޕްޒިގްގެ ދެވަނަ ލަނޑު ޖެހީ ބެންޖަމިން ހެންރިކްސްއެވެ. މެޗުގެ ފުރަތަމަ ހާފުގައި ލައިޕްޒިގްގެ ޑޮމިނިކް ސޮބޮސްލާއީ ފޯވަޑް ކްރިސްޓިއަން އެންކޫނޫ ވެސް ވަނީ ލަނޑު ޖަހައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ލައިޕްޒިގްގެ ފަސް ވަނަ ލަނޑު ޖެހީ ސޮބަސްލާއީ އެވެ. ފްރައިބާގް އިން ސުން ކަނޑުވާލީ މެޗުގެ 75 ވަނަ މިނިޓުގައި މައިކަލް ގްރެގޮރިސްޓިކް ޖެހި ލަނޑުންނެވެ. މެޗުގެ 58 ވަނަ މިނިޓުގައި ލައިޕްޒިގްގެ ޖޮސްކޯ ގްވަޑިއޯލް އަށް ރަތްކާޑު ދެއްކުމާ ގުޅިގެން، އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ.

ޖަރުމަން ބުންޑަސްލީލާގާ އަށް 2016 ވަނަ އަހަރު ޕްރޮމޯޓްވި ލައިޕްޒިގް އިން ވަނީ އެންމެ ފަހުން ކުޅުނު ޖަރުމަން ކަޕްގެ ފަސް ފައިނަލްގެ ތެރެއިން ހަތަރު ފައިނަލްގައި ވާދަކޮށްފައެވެ.