Advertisement

ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި

5 މޭ 2023 - 10:49 0


ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި

5 މޭ 2023 - 10:49 0

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސުޕަމާކެޓުގެ ވިޔަފާރި ކުރަމުން އަންނަ އެއް ޗެއިން، ރެޑްވޭވުން ކުރިއަށް ގެންދިޔަ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައި، އިނާމު ހަވާލުކޮށްފި އެވެ.

މިދިޔަ ޖެނުއަރީ، 25، އިން ފެށިގެން ހަރޯދައިގެ ނިޔަލަށް އެ ޗެއިންގެ ދަށުން ހިންގަމުން އަންނަ 15 ފިހާރައިގައި ކުރިއަށް ގެންދިޔަ އެ ސޭލްގެ ނަސީބުވެރިން ހޮވުމުގެ ރަސްމިއްޔާތު ބޭއްވީ ހުޅުމާލޭގައި ހުންނަ ރެޑްވޭވް މެގަމޯލުގަ އެވެ.

އެ ސޭލްގެ މުއްދަތުގައި ރެޑްވޭވުގެ ފިހާރަތަކުން 500ރ. އަށްވުރެ މަތިން ކުރި ކޮންމެ ވިޔަފާރިއަކަށް ވަނީ ކޫޕަނެއް ދޫކޮށްފަ އެވެ. އެގޮތުން, ދޫކުރި އެތައް ހާސް ކޫޕަނެއްގެ ތެރެއިން މިއަދުގެ ގުރުން ހޮވާފައި ވަނީ ރެޑްވޭވުގެ ބުރޭންޑުތަކުން ފަސް އިނާމު ލިބޭ ފަސް ނަސީބުވެރިންނާއި 10،000ރ. ގެ ފައިސާގެ އިނާމު ލިބޭ ފަސް ފަރާތަކާއި 100،000ރ. ގެ ފައިސާގެ އިނާމު ލިބޭ ނަސީބުވެރިޔާ އެވެ.


ރޯދަ ސޭލްގެ އެންމެ ބޮޑު އިނާމު، 100،000ރ. ގެ ފައިސާގެ އިނާމު ލިބޭ ނަސީބުވެރިއަކީ ކޫޕަން ނަންބަރު: 0016422 ގެވެރި ފަރާތެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހަށް ހާއްސަކޮށް ރެޑްވޭވުން ކުރިއަށް ގެންދާ އެ ސޭލްއަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން ދެއެވެ. ރެޑްވޭވުގެ އޮފިޝަލް ވިދާޅުވީ މިއަހަރު ސޭލްއަކީ ވެސް ވަރަށް ކާމިޔާބު ސޭލްއެއް ކަމަށެވެ.

"މިއަހަރުގެ ރޯދަ ސޭލް ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުހީބު ލިބިގެންދިޔަ ޕުރޮމޯޝަނަކަށް،" އޭނާ ވިދާޅުވި އެވެ.

ރެޑްވޭވުން މާލެ ސަރަހައްދުގައި އެ ޗެއިންގެ ދަށުން 15 ފިހާރަ ހިންގަމުންދެ އެވެ. އެއީ ހުޅުމާލޭގައި ދެ ފިހާރައާއި މާލޭގައި ހިންގަމުން އަންނަ 13 ފިހާރަ އެވެ. ރެޑްވޭވުން އެންމެފަހުން، މި ރޯދަމަހާ ދިމާކޮށް ވަނީ އިތުރު ތިން ފިހާރައެއް މާލޭގައި ހުޅުވައިފަ އެވެ. އެއީ މަޖީދީ މަގު، ކުލުނުވެހި ކުރިމަތިން ކަހަލަ ގޮތަކަށް ހުންނަ ފިހާރައާއި ހަމަ އެމަގުގައި ކުރިން އަގޯރާ ހިންގަމުން އައި ތަނުގައި ހުންނަ ފިހާރައާއި ސޯސަން މަގުގައި ކުރިން އަގޯރާ ހިންގަމުން އައި ތަނުގައި ހުރި ފިހާރަ އެވެ.