Advertisement

ބްރެޒިލްގެ ރަދީފުގައި ނަންއިތުރެއްގެ ގޮތުގައި "ޕެލޭ" ހިމަނައިފި

28 އޭޕްރީލް 2023 - 06:14 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފުޓްބޯޅަ ލެޖެންޑް ޕެލޭ.


ބްރެޒިލްގެ ރަދީފުގައި ނަންއިތުރެއްގެ ގޮތުގައި "ޕެލޭ" ހިމަނައިފި

28 އޭޕްރީލް 2023 - 06:14 1

ފުޓްބޯޅައިގެ ލެޖެންޑް ޕެލޭގެ ނަން ބްރެޒިލްގެ ޕޯޗުގީޒް ބަހުގެ ރަދީފުގައި ނަންއިތުރެއްގެ ގޮތުގައި ހިމަނައިފި އެވެ.

ބްރެޒިލްގައި ޝާއިއުކުރާ މިކެއިލިސް ޕޯޗުގީޒް ރަދީފްގައި 167،000 އަށް ވުރެ ގިނަ ބަސް ހިމެނޭ އިރު، އޭގެ ތެރޭގައި "ޕެލޭ" ހިމެނީ ބުދަ ދުވަހު އެވެ.

ދުނިޔޭގައި ޕޯޗުގީޒް ބަހުން ވާހަކަ ދައްކާ 265 މިލިއަން މީހުން އުޅެ އެވެ. ރަދީފަށް "ޕެލޭ" އިތުރު ކުރީ އާދަޔާ ހިލާފު ކަމެއް ނުވަތަ މީހަކު ސިފަކޮށްދިނުމަށް ބޭނުންކުރާ ނަންއިތުރެއްގެ ގޮތުގަ އެވެ.

މިހާރު ވެސް ބްރެޒިލްގައި ވާހަކަ ދައްކާ އިރު ނުރަސްމީކޮށް "ޕެލޭ" ބޭނުންކުރަނީ އެ މާނައިގަ އެވެ. ރަދީފުގައި "ޕެލޭ" މާނަކޮށްފައި ވަނީ "އާދަޔާ ހިލާފު، ދެވަނައެއް ނުވާ އަދި މުޅިން ތަފާތު" ގެ ގޮތުގަ އެވެ.

ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި މަގުބޫލުވި ޕެލޭ މަރުވީ މިދިޔަ ޑިސެމްބަރު މަހު އުމުރުން 82 އަހަރުގަ އެވެ.

ޕެލޭގެ ފުޓްބޯޅަ ކެރިއަރުގައި 20 އަހަރުގެ ތެރޭ ބްރެޒިލްގެ ގައުމީ ޓީމާއި، ނިއު ޔޯކް ކޮސްމޯސް އަދި ސަންޓޯސް ޓީމަށް 1،281 ގޯލް ޖެހި އެވެ. އެއީ ދުނިޔޭގެ ރެކޯޑެކެވެ.