Advertisement

ނައިކީ އުފެއްދުންތަކުން 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ސޭލެއް

27 އޭޕްރީލް 2023 - 13:50 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އަމީނީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސްގެ ފިހާރަ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ނައިކީ އުފެއްދުންތަކުން 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ސޭލެއް

27 އޭޕްރީލް 2023 - 13:50 0

ނައިކީ ޕުރޮޑަކްޓުތަކުން 75 ޕަސެންޓާ ހަަމައަށް ޑިސްކައުންޓު ލިބޭ ސޭލެއް ސޮނީ ސްޕޯޓްސްގައި މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އެއް ހަފުތާގެ ނިޔަލަށް ކުރިއަށްގެންދާ އެ ސޭލް އަޅުވާފައި ވަނީ އަމީނީމަގުގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލްގައި އެކަންޏެވެ.

ސޮނީ ސްޕޯޓްސްގެ އޮފިޝަލް ބުނީ އެ ސޭލް އެޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ އަސްލު ނައިކީ ބުރޭންޑުގެ އުފެއްދުންތައް ވީހާވެސް ގިނަ ބަޔަކަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން ކަމަށެވެ.

"ބޭނުމަކީ ނޭނގުމެއްގެ ތެރޭގައި ނައިކީ 'ފަސްޓު ކޮލެޓީ' ނަމުގައި ވިއްކާ ފޭކު ޕުރޮޑަކްޓުތަކާއި އަސްލު އޮރިޖިނަލްއާ ހުރި ތަފާތު ގިނަ ބަޔަކަށް ތަޖުރިބާ ކޮށްލަން ދިނުން،" އޭނާ ބުންޏެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުޅިވަރު ސާމާނު ވިއްކުމުގެ ވިޔަފާރި ކުރާ، ސޮނީ ސްޕޯޓްސްއިން ނައިކީ ބުރޭންޑުގެ އޮރިޖިނަލް ޓާފް ބޫޓާއި، ދުވާ ބޫޓުގެ އިތުރުން ތަފާތު ކުޅިވަރު ކުޅެން ބޭނުން ކުރާ އައުޓުފިޓުތަކާއި އެނޫން ވެސް ކުޅިވަރާ ގުޅުންހުރި ސާމާނު ވިއްކަ އެވެ.

ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް މެންދުރުފަހު 2:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. ހުކުުރު ދުވަހު އެ ފިހާރަ ހުޅުވާނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

ސޮނީ ސްޕޯޓްސްއަކީ ދުނިޔޭގެ މަޝްހޫރު ކުޅިވަރު ބްރޭންޑުތަކުގެ އޮރިޖިނަލް ސާމާނު ވިއްކުމުގައި މީހުންގެ މަގުބޫލުކަމާއި އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. ސޮނީ ސްޕޯޓްސްއިން މިފަހުން ވަނީ، ޗާންދަނީ މަގުގައި އެޑިޑާސްގެ ފިހާރައެއް ވެސް ހުޅުވައިފަ އެވެ.