Advertisement

މާޗު މަހު ޖެންޑާއަށް ރިޕޯޓުކުރީ 206 މައްސަލަ

26 އޭޕްރީލް 2023 - 16:27 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު

މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި މަޑި އަރުވަން އުޅޭ ކުޑަކުދިންތަކެއް-- ފޮޓޯ: އަދަދު


މާޗު މަހު ޖެންޑާއަށް ރިޕޯޓުކުރީ 206 މައްސަލަ

26 އޭޕްރީލް 2023 - 16:27 0

ނިމިގެންދިޔަ މާޗު މަހުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ޖުމްލަ 206 މައްސަލަ ރިޕޯޓުކޮށް އެޓެންޑުވެފައިވާ ކަމަށް އެ މިނިސްޓަރީން ބުނެފި އެވެ.

މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބު ދަށްކާގޮތުގައި މާޗު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 98 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ. އަދި, އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުގެ މައްސަލަ އެވެ. އެބާވަތުގެ 29 މައްސަލައެއް ހުުށަހަޅާފައިވާ ކަމަށް މިނިސްޓަރީން ބުނެ އެވެ.

އޭގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 28 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، ޖިންސީ ހާނިއްކައިގެ 13 މައްސަލަ، ނަފްސާނީ ހާނިއްކައިގެ ނުވަ މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ތިން މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ (ބްލެކްމެއި ކުރުން) އެއް މައްސަލަ ހިމެނޭ ކަމަށް މިނިސްޓަރީގެ ތަފާސް ހިސާބުތަކުން ދަށްކައެވެ.

މިނިސްޓަރީން ބުނީ މީގެ އިތުރުން ވެސް ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 29 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 13 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. އަދި, ނަފްސާނީ އަނިޔާކުރުމާއި އަނގަބަހުން ކުރެވޭ އަނިޔާގެ ނުވަ މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާއިގުޅޭ ހަ މައްސަލަ، އަދި މުދާ ހިފެއްޓުމާއި, މުދަލަށް ގެއްލުން ދިނުމުގެ އެއް މައްސަލަ މާރިޗު މަހު މިނިސްޓްރީ އަށް ހުށަހަޅަފައިވާ ކަމަށް ވެސް މިނިސްޓަރީން ބުނެ އެވެ.

މާޗު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 186 އެވެ. މާރިޗު މަހުގައި ދައުލަތަށް އަލަށް ތިން ކުއްޖަކު ނަގާފައިވެ އެވެ. އޭގެ އިތުރުން ދެ ކުއްޖަކު ފޮސްޓަރ ކޮށް، އެއް ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވިފައި ވާކަމަށް މިނިސްޓަރީން ބުނެ އެވެ.