23 އޭޕްރީލް 2023 - 11:48 0
23 އޭޕްރީލް 2023 - 11:48 0
ނިމި ދިޔަ ރޯދަ މަހަށް ހާއްސަ ގިނަ ކޮންޓެންޓުތަކެއް ގެނެސްދެވުނެވެ. ރޯދައަށް "ލާޒިމު" ކޮންޓެންޓުގެ ގޮތުގައި ބެލެވޭ ކުރުވާހަކަ އާއި ރެސިޕީގެ އިތުރުން ދީނީ މައުލޫމާތުން ފެށިގެން މުނިފޫހިފިލުވުމާއި، ލުއި ލިޔުންތަކާއި މައުލޫމާތުން މުއްސަނދި ގިނަ ލިޔުންތަކަކާއި ޕްރޮފައިލް ގެނެސްދެވުނެވެ. ރާއްޖޭގެ އޮންލައިން ނޫސްތަކުގެ ތެރެއިން ރޯދައަށް ހާއްސަ ވީޑިއޯ ކޮންޓެންޓު މި ފަހަރު ވެސް އެންމެ ގިނައިން އުފެއްދީ އަދަދު ނޫހުންނެވެ. މި ލިޔުމުގައި ގެނެސްދެނީ އެ ކޮންޓެންޓުތަކުގެ ތެރެއިން ހޮވާލާފައިވާ ބައެއް ކޮންޓެންޓެވެ.
މަރުވި ޒުވާނެއްގެ ބައްޕަގެ ހިތުގެ ހިތާމައިން ނަސޭހަތެއް
"ބޭބެގެ ނަސޭހަތަކީ މަގުމަތީގައި އެހެން ބޭނުންހައި ގޮތަކަށް ނޫޅޭށޭ ތިއިން އެއްވެސް ކުއްޖަކު، ކޮންމެ މީހަކާ ވެސް މަރު އައިސް ބައްދަލު ކުރާނެ ވަގުތެއް، ސާއަތެއް އެނގެނީއެއް ނޫނޭ،"

ދަނޑުން ބާޒާރަށް: ތޮއްޑޫ ކަރާގެ ދަތުރު
ހިސާބުކިތާބު ބެލެހެއްޓުމަކީ މި ރަށުގެ ދަނޑުވެރިން ބޮޑު ސަމާލުކަމެއްދީގެން ކުރާ މަސައްކަތެއް ނޫނެވެ. އެހެން ނަމަވެސް 116 ކަރާ ދަނޑުން ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ކޮންމެ އަހަރަކު ވެސް ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ.

މޭޔަރު އިސްމާއީލް:ގޮންޖެހުންތަކާއެކު ނަތީޖާ ދެއްކުމުގެ އަޒުމުގައި
"ޔަގީންކަން ރައްޔިތުންނަށް އަރުވަން. ދޮޅު އަހަރުތެރޭ ރައްޔިތުންގެ އެކްސްޕެކްޓޭޝަން ވަރަށް ހައި، އެވަރަށް ނަތީޖާ ނުފެނުނަސް ކުރިއަށް އޮތްތަނުގައި އެ ނަތީޖާ ފެނިގެންދާނެ،"

ހިފްޒު ކުރާ ގޮތް ބަދަލުކޮށްލި އަޒްހީލްގެ ހިފްޒު ޕްރޮޖެކްޓު
ގިނަ ބަޔަކަށް މި ފުރުސަތު ހުޅުވިގެންދިޔުމާއި އެކު މިއީ ކީރިތި ގުރުއާން ހިފްޒު ކުރުމަށް ބޭނުންވާ ކޮންމެ ދިވެއްސަކަށް ހުޅުވިފައި އޮންނާނެ ފުރުސަތަކަށް މި މަޝްރޫއު ވެގެން ދިޔުމަކީ އަޒްހީލްގެ ހުވަފެނެއް. މިވަގުތު ވެސް 700 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ މި ޕްރޮޖެކްޓުގައި ކިޔަވަމުން

ބައްޕަގެ ނަން ދިރުވަން ޕެންޑާ ނުފީނާކަށް ކަނޑެއް ނެތް
މިއީ ޕެންޑާ، ފީނުމުގެ ތެރެއަށް ވަދެ، އަމިއްލަ ރަށުން ފެށި ދަތުރުގައި މިހާރު ފުވައްމުލަކުގެ ފަރާއި އެ ފަރުތަކުގެ މަޝްހޫރު މިޔަރުތަކާ ހަމައަށް ދިޔަ ގޮތެވެ. އާއިލީ ކުލުނެއް ޖެހިފައިވާ މި ދާއިރާގާ ފައިތިލަ ހަމަކުރި ކުރުމާއި އެ ހިސާބަށް ދިޔުމަށް ވި ގުރުބާނީތަކުގެ ވާހަކަ އެވެ.

ގަރުނެއްވި ގެއެއްގައި ކުލަނުވި އެކަނިވެރި ހަޔާތެއް!
ދިރިއުޅެނީ އެކަންޏެވެ. ގޭގެ ފުރާޅުގައި ހުރި ޓިނު ދަބަރަށްވެފަ އެވެެ. ފަންކޮޅެއް ހުއްޓަސް ގޭގެ ކުކުޅުވަހީގައި ބޮޑެތި ބާގަނޑުތަކެވެ. އެ ތަންތަނުން ވަންނަ އިރުގެ އައްޔާއި ފުރާޅުގައި ހުރި ލޯވަޅުތަކުން ވަދެފައިވާ ކޮކާ އަވި ފިޔަވައި އިތުރު އައްޔެއް ނެތެވެ. ޓީވީއެއް، ރޭޑިއޯއެއް ނެތެވެ.

ޝަހުސިއްޔަތުންގެ ހަޔާތުގެ ވާހަކަތައް ގެނެސްދިނުމުގައި ބެލީ ތަފާތެއް ގެންނާށެވެ. އެހެންވެ، އުމުރުން ދުވަސްވީ ބޭފުޅުންގެ ތެރެއިން ދުޅަހެޔޮކަން ހިފެހެއްޓުމަށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ވާހަކަ އާއި، ތަޖުރިބާ އާއި ނަސޭހަތުން މި ޖީލަށް އިބުރަތަކާއި ފިލާވަޅެއްގެ ގޮތުގައި ގެނެސްދެވުނެވެ. މިފަހަރު ގެނެސްދެވުނު ތިން ބޭފުޅުންނަކީ ވެސް 70 އަހަރުންގެ މަތީގެ ބޭފުޅުންނެވެ. ނަމަވެސް ވަރަށް އެކްޓިވް އެވެ. ދިރިއުޅުމުގެ ވައްޓަފާޅީގައި ތިން ބޭފުޅުންގެ ވެސް އެއްގޮތް ކަންތައްތަކެއް ހުއްޓެވެ.
ޝަރީފުގެ ދުޅަހެޔޮ ހަޔާތުން ފިލާވަޅެއް
ދިހަ ދަރިންގެ ބައްޕަ، އަދި މުނިކާފަ ވެފައިވާ ޝަރީފަށް މިހާރު 72 އަހަރު ފުރިއްޖެ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި މިއަދާ ހަމައަށް އޭނާ އަށް ހުރެވުނީ ހަށިގަނޑުގެ ތަރުބިއްޔަތަށް ރަނގަޅު އާދަތަކެއް ދަމަހައްޓައިގެންނެވެ.

އަލިބެގެ ދިރިއުޅުމުގައި ބަދަލުނުވި ތަރުބިއްޔަތާއި ތަރުތީބު

އަނީސާގެ ދުޅަހެޔޮކަމުގެ ސިއްރަކީ މިންހެޔޮ ވައްޓަފާޅި
އުމުރުފުޅުން 73 އަހަރު ފަހަޅަ އަޅައިދާއިރު ވެސް، މަސައްކަތާއި މުރާލި ކަމުގައި ހަމަ އެއްވެސް ވަރުބަލި ކަމެއް، ބަދަލެއް ފެނިގެން ނުދެ އެވެ. ސިއްރަކީ، އަނީސާގެ ދުވަހުގެ ތާވަލާއި ވައްޓަފާޅި އާއި އާދަކާދަ އެވެ. އެއީ އެންމެންނަށް ވެސް މިސާލެކެވެ. ފިލާވަޅެކެވެ.

އަދަދު ނޫހުގައި ވާހަކަ ބައި ގެނެސްދެއްވަނީ ހއ. އިހަވަންދޫ ސްކޫލުގެ ދިވެހި މުދައްރިސް، ފަތުހުﷲ އަހުމަދު ރަޝީދެވެ. މި ރޯދަ މަހު އޭނާ ލިޔުއްވީ ވަރަށް ވެސް ހިތްގައިމު ވާހަކަތަކެވެ. އޭގެ ތެރެއިން ވެސް "ދޮންޕަ" ފާހަގަކޮށްލެވެ އެވެ.
ވާހަކަ: ދޮންޕަ
ވާހަކަ: ދޮންޕަ
މިއީ ކިޔުންތެރިން ވަރަށް ޝައުގުވެރިވި ސެގްމެންޓެކެވެ. "އުޑާއި ކަނޑުގައި މިވާ ނޫ ކުލައިގެ އަސްލަކީ ކޮބާ؟" އިން މި ރޯދަ މަހު ފެށި ސެގްމެންޓުގައި، ކަރުނައިގެ ސަބަބާއި، ކަޅުހަން ކަޅުކުލައިގައި ހުންނަ ސަބަބާއި، ފިރިން ދެ އަނބިން ބޭނުންވާ ސަބަބުގެ އިތުރުން މައުލޫތުން މުއްސަނދި ލިޔުންތަކެއް ރައްޔާން މުހައްމަދު ގެނެސްދިނެވެ. މި ސެގްމެންޓުގެ ލިޔުމަކަށް ގޮސް "ވާގޮތް" ޓެގަށް ފިތާލާށެވެ. ހުރިހާ ލިޔުމެއް ފެންނާނެ އެވެ.
ވާގޮތް: ތާންގިތަކުގެ ކަޅު ކުލަ ހުންނަނީ ކީއްވެ؟
ފެން ތާންގިތަކަކީ އިމާރާތްތަކާއި ގެދޮރުގެ މުހިންމު ބައެކެވެ. އެކި ބޭނުންތަކަށް ފެނުގެ އިތުބާރު ހުރި މަސްދަރެކެވެ. ފެން ތާންގި އެކޭ ބުނުމުން ސިކުނޑިއަށް ތަސައްވަރު ކޮށްލެވޭނީ ވަށް ބޮޑު ކަޅު ހަމެއްކަން ކަށަވަރެވެ. ވަށާ ޖެހޭ ގޮތަށް ތިރިން މައްޗަށް ރޮނގުތަކެއް ވެސް ހުރެދާނެ އެވެ.

މި ފަހަރު ވެސް ރާއްޖޭގެ އޮންލައިން ނޫހަކުން އެންމެ ގިނަ ޕްރޮގްރާމު އުފެއްދީ އަދަދު ނޫހުންނެވެ. އެ ޕްރޮގްރާމުތަކުގެ ތެރޭގައި ކުޅިކޮށްގެ ތިން ވަނަ ސީޒަން، ލުއި ޝޯގެ ދެ ވަނަ ސީޒަން، އެހާރުން، އަލިފްގެ ތާ، މީރުބައިޓްސް އަދި ސުންދުސް ހިމެނެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment