Advertisement

ވާރޭނުވެހޭތީ ހޯނޑެއްދޫއަށް ބޯފެން ހަދިޔާކުރަން އެދިއްޖެ

20 އޭޕްރީލް 2023 - 13:01 0

ނިމާ ހަސަން

ނިމާ ހަސަން

ހޯނޑެއްދޫ؛ އެރަށުގެ ގެތަކަށް ބޯފެން ފޯރުކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައި


ވާރޭނުވެހޭތީ ހޯނޑެއްދޫއަށް ބޯފެން ހަދިޔާކުރަން އެދިއްޖެ

20 އޭޕްރީލް 2023 - 13:01 0

ވާރޭނުވެހޭތީ ހޯނޑެއްދޫއަށް ބޯފެން ހަދިޔާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހޯނޑެއްދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ވާރޭނުވެހި ގިނަދުވަސް ވުމާ ގުޅިގެން ބައެއް ގޭގޭގެ ތާނގީތަކުން ވާރޭފެން ހުސްވެފައިވާ ކަމަށެވެ. އަދި އެގެތަކުގެ ރައްޔިތުން ފެން ނަގަމުން ދަނީ ވާރޭފެން ހުސްނުވާ ގެތަކުން ކަމަށް ވެސް އިއުލާނުގައި ވެއެވެ.

އެހެންކަމުން ހޯނޑެއްދޫގައި މިވަގުތު ރައްކާކޮށްފައި ހުރި ވާރޭފެން ހުސްވުމާ ގާތަށް ގޮސްފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.

ހޯނޑެއްދޫ ކައުންސިލުން ވަނީ އެރަށުގެ އާންމު ރައްޔިތުންނަށް ބޯފެން ހަދިޔާކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.

އަދި ޝައުގުވެރިވާ ފަރާތްތަކުން ކައުންސިލުގެ ސެކެޓްރީ ޖެނެރަލް މުއާޒް މުހައްމަދު އަދި ކައުންސިލް އެގްޒެކެޓިވް އިނާޔަތުﷲ އަބްދުއްސައްތާރު އަށް ގުޅައިގެން އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް އެ އިއުލާނުގައި ވެއެވެ.

ހޯނޑެއްދޫއަށް ވާރޭނުވެހި ގިނަ ދުވަސްވެފައިވާއިރު، މިހިނގާ އޭޕްރީލް މަހާއި މެއި މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރުވެސް މެއެވެ.