Advertisement

އިނގުރައިދޫ ހެލްތު ސެންޓަރު އަޅަން 76 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

18 އޭޕްރީލް 2023 - 18:34 0


އިނގުރައިދޫ ހެލްތު ސެންޓަރު އަޅަން 76 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

18 އޭޕްރީލް 2023 - 18:34 0

ރ. އިނގުރައިދޫގައި ހެލްތު ސެންޓަރެއް އަޅަން 76 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި މިއަދު ސަރުކާރު ސޮއިކޮށްފި އެވެ.

ހެލްތު ސެންޓަރު އަޅަން ހަވާލު ކުރީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. ކޮންޓްރެކްޓުގައި ސޮއި ކުރާތާ 540 ދުވަހުގެ ތެރޭގައި އެ ކުންފުނިން ހެލްތު ސެންޓަރު އަޅައި ނިންމަންޖެހޭނެ އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމުގެ ހަފުލާފައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހެލްތު މިނިސްޓްރީގެ އަބްދުލްހަންނާނެވެ. ޑުޕްލެކްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ މުހައްމަދު އަސްލަމެވެ.

ގާތްގަނޑަކަށް 1900 މީހުންގެ އާބާދީއެއް އޮންނަ އިނގުރައިދޫގައި ސަރުކާރުން މިހާރު 10 ޕްރޮޖެކްޓެއް ހިންގަ އެވެ. އޭގެ އިތުރުން ދެ ޕްރޮޖެކްޓެއް ވަނީ ނިންމައިފަ އެވެ. އެއީ ބަނދަރު ހެދުމާއި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫ އެވެ.