Advertisement

ނާގަލްސްމަންއާ އެކު ޗެލްސީގެ މަޝްވަރާތައް ކުރިއަށް: ރިޕޯޓް

18 އޭޕްރީލް 2023 - 05:55 0


ނާގަލްސްމަންއާ އެކު ޗެލްސީގެ މަޝްވަރާތައް ކުރިއަށް: ރިޕޯޓް

18 އޭޕްރީލް 2023 - 05:55 0

މިއުނިކް (އޭޕްރީލް 18) - މިދިޔަ މަހު ބަޔާން މިއުނިކްގެ ކޯޗުކަމުން ވަކިކުރި ޒުވާން ކޯޗު ހޫލިއަން ނާގަލްސްމަންއާ ޗެލްސީގެ ކޯޗުކަން ހަވާލުކުރަން މަޝްވަރާތައް ކުރިއަށްދާ ކަމަށް ޖަރުމަނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

މި ސީޒަނުގައި ޗެލްސީން ވަނީ ދެ ކޯޗަކު މަގާމުން ވަކިކޮށްފަ އެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހު މަގާމުން ވަކިކުރި ތޯމަސް ޓުޗެލް އާއި މި މަހު ކުރީކޮޅުގައި ޗެލްސީން ވަކިކުރި ގްރަަހަމް ޕޮޓާ އެވެ. އާ ކޯޗެއް ހޯދަން ޗެލްސީން މަަސައްކަތްކުރާ މުއްދަތުގައި މި ސީޒަނުގެ ނިޔަަލަށް ޗެލްސީ ޓީމު ހަވާލުކުރި އެ ޓީމުގެ ކޯޗަކަށް ވެސް ކުރިން ހުރި، ފްރޭންކް ލަމްޕާޑާ އެވެ.

ލަމްޕާޑް ވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިން އެވަޓަންގެ ކޯޗުކަމުން ވަކިކޮށްފަ އެވެ. ޗެލްސީގެ ކޯޗުކަމާ މި ފަހަރު ލަމްޕާޑް ހަވާލުވި ފަހުން އެ ޓީމު ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ސީޒަން ނިމުމުގެ ކުރިން ޗެލްސީން ލަމްޕާޑް ވަކިކުރުުުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކުރިން ހޮފެންހައިމް އާއި އާރްބީ ލައިޕްޒިގަށް ވެސް އިރުޝާދުދިން ނާގަލްސްމަން، 35 ވަނީ ޗެލްސީގެ ކޯޗުކަމާ ހަވާލުވާން އެ ޓީމުގެ މެނޭޖްމަންޓާ މަޝްވަރާތައް ފަށައިފަ އެވެ، މި ސީޒަން ނިމުމުން ނާގަލްސްމަންއާ ޓީމު ހަވާލުކުރަން ޗެލްސީން ބޭނުންވަނީ، އޭނާ ހުށަހަޅާ ޕްލޭނަށް ބެލުމަށް ފަހު އެވެ.

ނާގަލްސްމަންގެ އިތުރުން ޗެލްސީން ދެން ބަލާ ކޯޗުންގެ ތެރޭގައި ވޯލްޑް ކަޕަށް ފަހު ސްޕެއިން އިން ވަކިކުރި ލުއިސް އެންރީކޭ އާއި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ކޯޗު ރުބެން އަމޮރިމް ހިމެނެ އެވެ.