Advertisement

އެންސީއައިޓީއިން ވައްކަންކުރި މީހާއަށް ކޮމިޔުނިޓީ ސާވިސްގެ އަދަބު

16 އޭޕްރީލް 2023 - 18:51 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ކްރިމިނަލް ކޯޓު -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އެންސީއައިޓީއިން ވައްކަންކުރި މީހާއަށް ކޮމިޔުނިޓީ ސާވިސްގެ އަދަބު

16 އޭޕްރީލް 2023 - 18:51 0

ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ)އިން ވައްކަން ކުުރި މީހާއަށް ޖަލު ހުކުމެއްގެ އިތުރުން 800 ގަޑިއިރު މުޖުތަމައުއަށް ހިދުމަތްކުރަން ކްރިމިނަލް ކޯޓުން ހުުކުމްކޮށްފި އެވެ.

މި މައްސަލާގައި ހުުކުމްކޮށްފައި ވަނީ މުހައްމަދު އަސްލަމް، ދެކުލައަރާގެ/ސ. ހިތަދޫގެ މައްޗަށެވެ. އެންސީއައިޓީއަށް ވަދެ ވައްކަން ކުރި މައްސަލާގައި އޭނާގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން ވަނީ އުފުލައިފަ އެވެ.

އޭނާގެ މައްޗަށް ކުރި ދެ ދައުވާއަކީ ކަލާފާނުު މަގުގައި ހުންނަ އެންސީއައިޓީ އިމާރާތަށް ވަދެ އެތަނުގައި ހުރި މޭޒެއްގެ ވަތްގަނޑުން 500ރ. އާއި ސަމްސަންގް ފޯނެއް ވަގަށް ނެގި މައްސަލާގައި ވައްކަން ކުރުމުގެ ކުށުގެ ދައުވާ އާއި، އެ މޭޒުގެ ވަތްގަނޑު ހަލާކުކޮށްލި މައްސަލާގައި މީހެއްގެ މުުދަލަށް ގެއްލުންދިނުމުގެ ދައުވާ އެވެ.

ޝަރީއަތުގެ މަރުހަލާގައި އަސްލަމަށް ވަކީލަކު ބޭނުުންތޯ ސުވާލުކުރުމުން އޭނާ ވަނީ މައްސަލަ ގެންދަން ބޭނުންވަނީ އަމިއްލައަށް ކަމަށް ބުނެފަ އެވެ. އަސްލަމް ވަނީ ޝަރީއަތުގެ މަރުހަލާގައި މި ދެ ދައުވާގައި ހިމެނޭ ކުށަށް ވެސް އިއުުތިރާފުވެފަ އެވެ.

މި ދެ ދައުވާއަށްވެސް އިއުތިރާފްްވެފައި ވާތީ މައްސަލަ ނިންމާފައި ވަނީ އަވަސްނިޔާއިންނެވެ.

އޭނާގެ މައްޗަށް ހުކުުމްކޮށްފަައި ވަނީ ވައްކަމުގެ ކުށާ ގުޅިގެން ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލައި އަދި 640 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރުމަށާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި ހަ ދުވަހަށް ޖަލަށްލުމާ އެކު 160 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރަންޖެހޭ ގޮތަށެވެ.