about 1 hour 0
ލީވާން އަލީ ނާސިރު
ސައިކަލު ވަގަށް ނެގުމުގެ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮންނަ އަހްމަދު އަދީބު -- ފޮޓޯ: ފުލުހުން
about 1 hour 0
ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން އިއްޔެ ބަންދުކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ސައިކަލު ވަގަށް ނެގުމުގެ ގިނަ ކުށުގެ ރެކޯޑު އޮންނަ ހދ. ވައިކަރަދޫ، އަހްމަދު އަދީބު، 34، ހައްޔަރުކުރީ ހުޅުމާލެ ހައިވަކަރުމަގުގައި ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ކުށުގެ ރެކޯޑާއި އަމަލުތައް ހުރި ގޮތުން ހުއްޓުވައި ސުވާލުކުރިއިރު ވަގަށް ނަގާފައިވާ ސައިކަލެއް ގެންގުޅުނު މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ.
"އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައި،" ފުލުހުން ބުންޏެވެ.
މާލެ ސަރަހައްދުގައި ސައިކަލު ވަގަށް ނެގުން އަބަދުވެސް ގިނަ އެވެ. ވަގަށް ނަގައިގެން ރިޕޯޓްކުރުމުން ބައެއް ސައިކަލުތައް ފުލުހުން ހޯދައިދެ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ މުއައްސާސާއަށް އެންމެ ގިނައިން ހުށަހަޅަނީ ވައްކަމުގެ މައްސަލަތަކެވެ. އެފަދަ މައްސަލަތައް މަދުކުރަން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
Comment