16 އޭޕްރީލް 2023 - 17:14 1
އާމިނަތު ނިއުޝާ
މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކް އަދި ޕްލޭނިން މިނިސްޓްރީގެ ޕާމަނަްޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދު ސޮއިކުރެއްވުމަށްފަހު؛ މި މަޝްރުއޫ ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
16 އޭޕްރީލް 2023 - 17:14 1
ރ. އަލިފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރުއޫގެ ދަށުން ތާރުު އެޅުުމަށް ހަމަޖެހިފައި ވަނީ އަލިފުށީގެ މައި މަގުތަކުުގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.
މި މަޝްރުއޫގެ ޖުމްލަ އަގަކީ 90.9 މިލިއަން ރުފިޔާ އެވެ. މި މަޝްރުއޫގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ 3.8 ކިލޯމީޓަރު މަގުގައި ތާރު އެޅުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުބައްތި ޖެހުމެވެ.
ޕްްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރުއޫގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގެވެ. އާރުޑީސީގެ ފަރާަތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު އެވެ.
އާރުޑީސީއިން އަންނަނީ މިފަދަ މަގުހެދުމުގެ ގިނަ މަޝްރޫތަކުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލޭ އަމީނީ މަގުގެ މަސައްކަަތް ވެސްް ފުރަތަމަ ކުރިއަށް ގެންދިޔައީ އެކުންފުންޏާ ހަވާލުކޮށްގެންނެވެ. އެހެން ނަމަވެސް އެ މަސައްކަތް ހަލުވިކުރުމަށް މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
ހއ. ދިއްދޫ އާއި ލ. ގަމުގެ އިތުރުން ގއ. ވިލިނގިލީގައި ތާރު އެޅުމުގެ މަސައްކަތް ވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment