16 އޭޕްރީލް 2023 - 11:49 0
އަޒްލިފާ އަބްދުﷲ
އޮކްސިޖެން ބްލޫ
16 އޭޕްރީލް 2023 - 11:49 0
ރޯދަ މެނޫތައް ގިނަ ވެގެން، އެންމެ ރަނގަޅު މެނޫއަކީ ކޮބައިކަން އޮޅޭވަރުވެ އެވެ. ފޯނުން މެނޫތައް ހާވަމުން ދަނިކޮށް އަޅައިގަތީ އޮކްސިޖެން ރެސްޓޯރެންޓުގެ ރޯދަ ވީއްލުމުގެ މެނޫ އާއި ޑެލިވަރީ މެނޫ އެވެ.
ޑެލިވަރީ ކޮމްބޯގެ ކުޑަ ޕެކަށް އޯޑަރު ދީފީމެވެ. އެންމެ 195 ރ. އެވެ. އެއީ ދެ މީހުންގެ ޕެކެއް ކަމަށް ރެސްޓޯރެންޓުން ކަނޑައެޅިޔަސް، އެ ޕެކުން ތިން މީހުންނަށް ރަނގަޅަށް ރޯދަ ވީއްލުނެވެ. ރަހަތައް އެހާމެ މީރެވެ. ކާތަކެތި ތާޒާކޮށް ހުރުމުން ހިތްހަމަޖެހުން ބޮޑުވި އެވެ.
ކަރާފަނި އޮރެންޖު ފަނި ކަދުރު ހެދިކާ ރޮށި، ފެންފޮޅި ބަރަބޯ މަސްހުނި ޓޫނާ ފްރައިޑް ރައިސް ތަންދޫރީ ކުކުޅު ފަރާޓާ ޕާސްތާ ޑެވިލްޑް ސޮސެޖު
މި ޕެކް ތައްޔާރުކޮށްފައިވަނީ ދެ މީހުންނަށެވެ. ނަމަވެސް ތިން މީހުންނަށް ރަނގަޅަށް ކެވެ އެވެ. ޑެލިވަރީ ޕެކްގައި ތިން ވައްތަރުގެ ހެދިކާ ހުރެ އެވެ. ކަރާ ފަންޏާއި އޮރެންޖު ފަނި ތައްޔާރުކޮށްފައި ހުރީ ވެސް، ހަމައެކަނި ކުލަ ކޮށްލާފައި ހުންނަ މިންވަރަކަށް ނޫނެވެ. ރަނގަޅަށް ރަހަ ވެސް ލައެވެ.
ކަރާފަނި އޮރެންޖު ފަނި ކަދުރު ހެދިކާ ރޮށި، ފެންފޮޅި ބަށި މަސްހުނި އެގް ބިރިޔާނީ ޑެވިލްޑް ޗިކެން ވޮކް ފްރައިޑު ނޫޑްލްސް ޕެޕާ ގްރިލްޑް ސޮސެޖު މިކްސްޑް ބިސްގަނޑު މަސް ރިހަ ކެރެމަލް ޕުޑިން
މި ޕެކް ތައްޔާރުކޮށްފައިވަނީ 4 މީހުންނަށެވެ. ނަމަވެސް ކޮމްބޯ އޭ އެކޭ އެއްގޮތަށް ބޮލެއް އިތުރު ކުރިޔަސް، ރޯދަ ވީއްލާ ގަޑިއަށް މި ޕެކުން މަދެއް ނުވާނެ އެވެ. މި ޕެކްގައި ހިމެނޭ ބިރިޔާނީގެ ރަހަގަނޑު ވަރަށް ފުރިހަމަ އެވެ.
ކަރާފަނި އޮރެންޖު ފަނި ކަދުރު ހެދިކާ ރޮށި، ފެންފޮޅި ބަށި މަސްހުނި އެގް ބިރިޔާނީ ޑެވިލްޑް ޗިކެން ވޮކް ފްރައިޑު ނޫޑްލްސް ޕެޕާ ގްރިލްޑް ސޮސެޖު މިކްސްޑް ބިސްގަނޑު މަސް ރިހަ ކެރެމަލް ޕުޑިން
މި ޕެކް ތައްޔާރުކޮށްފައިވަނީ 6 މީހުންނަށެވެ.
ޑެލިވަރީ ޕެކްގެ އިތުރުން ރެސްޓޯރެންޓުގައި ރޯދަ ވީއްލުމުގެ މެނޫ ވެސް ފުރިހަމަ އެވެ. ހެންވޭރުގައި ހުންނަ އޮކްސިޖެން ރެސްޓޯރެންޓުގެ މެނޫގެ އަގަކީ ބޮލަކަށް 220ރ. އެވެ. މާފަންނު ފުޑްކޯޓުގައި ހުންނަ އޮކްސިޖެން ބުލޫގެ ރޯދަ ވީއްލުމުގެ މެނޫގެ އަގަކީ ބޮލަކަށް 190ރ. އެވެ.
Comment