Advertisement

ގެވެށި އަނިޔާ ކުރާ މީހުން އިސްލާހު ކުރަން ޕްރޮގްރާމެއް ފަށަނީ

13 އޭޕްރީލް 2023 - 13:03 0

ގެވެށި އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއް: ޕްރޮގްރާމް ފުރަތަމަ ހިންގަނީ އެފަދަ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް -- ފޮޓޯ: އަދަދު ފައިލް


ގެވެށި އަނިޔާ ކުރާ މީހުން އިސްލާހު ކުރަން ޕްރޮގްރާމެއް ފަށަނީ

13 އޭޕްރީލް 2023 - 13:03 0

ގެވެށި އަނިޔާ ކުރާ މީހުން އިސްލާހުކޮށް އެމީހުން އަނބުރާ މުޖްތަމައަށް ގެނައުމަށް އިސްލާހީ ޕްރޮގްރާމެއް މިއަހަރު ފަށަން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ނިންމައިފި އެވެ.

އެފްޕީއޭގެ ކޯޑިނޭޝަން އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު އައިޝާ އިބްރާހިމް މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފުރަތަމަ އެ ޕްރޮގްރާ ފަށަން މަސައްކަތް ކުރަނީ ގެވެށި އަނިޔާގެ މައްސަލަތަކުގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ކަމަށެވެ.

"އޭގެ ފަހުން އަޅުގަނޑުމެން މި ޕްރޮގްރާމް އެކްސްޕޭންޑުކޮށް ވަކިވަކި ކޭސްތައް ވެސް މީގެ ތެރޭގައި ހިމަނާނަން،" އައިޝާ ވިދާޅުވި އެވެ.

ގެވެށި އަނިޔާ ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކުށް ކުރާ މީހުން އިސްލާހު ކުރުމަކީ އެފްޕީއޭގެ ޒިންމާއެކެވެ. އެހެންކަމުން އެ ޕްރޮގްރާމަކީ އެ ގާނޫނުގެ ދަށުން ހިންގާ ޕްރޮގްރާމެއް ކަމަށް އެފްޕީއޭއިން ބުނެ އެވެ.

ގެވެށި އަނިޔާ ކުރާ މީހުން އިސްލާހު ކުރުމަށް ޕްރޮގްރާމެއް ހިންގާނެ ބަޔަކު ހޯދަން އެފްޕީއޭއިން މިއަދު ވަނީ އިއުލާނެއް ވެސް ކޮށްފަ އެވެ.