8 އޮގަސްޓު 2025 - 13:56 0
ލީވާން އަލީ ނާސިރު
ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ފުލުހުން އަތުލައިގަތް ވޭޕް ފްލޭވާ ފުޅިތައް -- ފޮޓޯ: ފުލުހުން
8 އޮގަސްޓު 2025 - 13:56 0
ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ފުލުހުން ބަލައި ފާސްކުރި ހިޔާ ފްލެޓްގެ އެޕާޓްމަންޓަކުން 242 ވޭޕް ފްލޭވާ ފުޅި ރޭ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 އަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން ބަލައި ފާސްކުރި އެޕާޓްމަންޓުން ފެނުނު 242 ވޭޕް ފްލޭވާ ފުޅި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
"ހުޅުމާލެ ފޭސް 2 އަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފުޅިތަކެއް ފެނިފައިވޭ. މި މައްސަލައިގައި ޖުމްލަ 242 ވޭޕް ފްލޭވާ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ،" ފުލުހުން ބުންޏެވެ.
މީހެއްގެ އަތުން ވޭޕް ފްލޭވާ ފުޅިތައް ފެނުނު ނަމަވެސް ދުންފަތް މަނާކުރުމުގެ ގާނޫނު ބުނާގޮތުން އެމީހަކު ޖޫރިމަނާ އެކަންޏެވެ. އެގޮތުން ގާނޫނު ބުނާގޮތުން އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރެއް ނުކުރެވެ އެވެ.
އެ މައްސަލައިގައި މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެ އިދާރާއިން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
Comment