Advertisement

އަލިރަސްގެފާނު ޒިޔާރަތް ބެލެހެއްޓުން ފެން ކުންފުންޏަށް

12 އޭޕްރީލް 2023 - 14:25 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އަލިރަސްގެފާނުގެ ޒިޔާރަތް ބެލެހެއްޓުމުގެ އެއްބަސްވުމުގައި ހެރިޓޭޖު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު ތޯރިގު އާއި އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކަޓަރު ހަސަން ޝާހު މިއަދު ސޮއިކުރައްވަނީ. -- ފޮޓޯ: އަމްޑަބްލިޔޫއެސްސީ


އަލިރަސްގެފާނު ޒިޔާރަތް ބެލެހެއްޓުން ފެން ކުންފުންޏަށް

12 އޭޕްރީލް 2023 - 14:25 1

އަލިރަސްގެފާނު ޒިޔާރަތުގެ އާބާތުރަފިލުވައި ބެލެހެއްޓުމަށް ސަރުކާރުގެ ފެން ކުންފުނި، މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ން މިއަދު ހަވާލުވެއްޖެ އެވެ.

މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި އެމްޑަބްލިޔޫއެސްއާ ދެމެދުވި ސޮއިކުރި އެއްބަސްވުމުގެ ދަށުން ޒިޔާރަތުގެ ފާރުތަކާއި، ގޭޓުގައި ކުލަ އާއި ދަވާދުލައި، ދިދަ ދަނޑި މަރާމާތުކޮށް، ސަރވޭލަންސް ކެމެރާ ހަރުކޮށް އަދި އެތަން ޒީނަތްތެރިކުރާނެ އެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް މި މަސައްކަތް ކުރިއަށް ގެންދާން އެމްޑަބްލިޔޫއެސްސީން އެއްބަސްވީ އެ ކުންފުނީ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.

"އަލި ރަސްގެފާނު ޒިޔާރަތް ފަދަ ރައްޖޭގެ މުއްސަނދި ސަގާފީ ތަރިކަ ފެންނަށް ހުރި ބިނާތައް، ރަނގަޅު ގޮތެއްގައި ބެލެހެއްޓުމަކީ އިހުގެ ސަގާފަތް އަންނައޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ،" އެމްޑަބްލިޔޫއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"އާސާރީ ތަރިކަ ހިމާޔަތް ކުރުމާއި އެތަންތަން ރަނގަޅު ގޮތުގައި ބެލެހެއްޓުމުގެ މިފަދަ ފުރުސަތެއް އެމް.ޑަބްލިޔު.އެސް.ސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ފަހިކޮށް ދެވުމަކީ މިކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލާކާއި ޝަރަފެކެވެ. އަދި މިއީ މުޖްތަމައަށް އޭގެ މަންފާއާއި ލާބަ ނުހަނު ބޮޑަށް ލިބިގެންދާނެ ކަމެއްކަމުގައިވެސް ކުންފުނިންން ދެކެމެވެ. އެމް.ޑަބްލިއު.އެސް.ސީއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މުޖްތަމައުގެ ކުރިއެރުމާއި، ލާބައާއި އަދި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ."

މާފަންނުގައި ހުންނަ އަލިރަސެގެފާނުގެ ޒިޔާރަތަކީ، މީގެ 479 އަހަރު ކުރިން ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއް ވަނަ ދުވަހު ޕޯޗުގީޒް މީހުންނާ ހަނގުރާމަ ކުރައްވަން ހުންނަވަނިކޮށް އަލިރަސްގެފާނު ޝަހީދުވެވަޑައިގެން ވެއްޓުނު ތަނެވެ. އެއީ އޭރު މާފަންނުކޮޅު މޫދެވެ.

ޝަހީދުންގެ ދުވަސް ނިސްބަތްވަނީ އަލިރަސްގެފާނަށެވެ.