Advertisement

ވިޔަރެއާލްގެ ބައޭނާ އަށް މަރުގެ އިންޒާރު: ތުހުމަތަށް އިންކާރު!

11 އޭޕްރީލް 2023 - 14:51 0

ރެއާލް މެޑްރިޑްގެ ވަލްވޭޑޭ (ވ) އަތުން ބޯޅަ ހޯދަން ބައޭނާ މަސައްކަތްކުރަނީ.


ވިޔަރެއާލްގެ ބައޭނާ އަށް މަރުގެ އިންޒާރު: ތުހުމަތަށް އިންކާރު!

11 އޭޕްރީލް 2023 - 14:51 0

މެޑްރިޑް (އޭޕްރީލް 11) - ސްޕެނިޝް ލީގުގައި އެންމެ ފަހުން ވިޔަރެއާލުން 3-2 އިން ރެއާލް މެޑްރިޑް ބަލިކުރި މެޗުގެ ތެރެއިންނާއި މެޗަށް ފަހު ހިނގާދިޔަ ކަންތައްތަކެއްގެ ސަބަބުން ވިޔަރެއާލްގެ ޑިފެންޑަރު އަލެކްސް ބައޭނާ އަށް މަރުގެ އިންޒާރު ލިބިފައިވާއިރު، ރެއާލުން އޭނާގެ މައްޗަށް ކުރާ ތުހުމަތަށް އިންކާރުކޮށްފި އެވެ.

ހޮނިހިރު ދުވަހުގެރޭ ރެއާލް ދަނޑުގައި ވިޔަރެއާލް މޮޅުވި މެޗުގެ ތެރެއިން ވިޔަރެއާލްގެ ބައޭނާ އާއި ރެއާލްގެ މިޑްފީލްޑަރު، ފެޑޭ ވަލްވޭޑޭއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިން، ބައޭނާ ވަނީ ވަލްވޭޑޭގެ އާއިލާ އަށް ނިސްބަތްކޮށް ބޭއަދަބީ ވާހަކަތަކެއް ދައްކައިފަ އެވެ. އެ ކަމާ ހިތްހަމަނުޖެހިގެން މެޗަށް ފަހު، ވަލްވޭޑޭ ގޮސް ބައޭނާ އަށް ހަމަލާދިން މައްސަލައެއްގެ ވާހަކަ ވެސް އަންނަނީ މީޑިއާގައި ދައުރުވަމުންނެވެ.

"މިދިޔަ ހޮނިހިރު ދުވަހުގެރޭ މެޗަށް ފަހު އަހަރެންނާ އެއް ޕްރޮފެޝަނެއްގައި އުޅޭ އެހެން ފަރާތަކުން ވަނީ އަހަންނަށް ހަމަލާދީފައި، އެ މެޗަށް ފަހު ދެން އަހަންނަށް އިވިގެންދިޔަ އަޑަކީ އަހަންނަށް ހަމަލާދިން ފަރާތަށް ނިސްބަތްވާ ބަަޔަކު އަހަރެން ދެއްކި ކަމަށް ބުނާ ވާހަކަތަކެއް މީޑިއާގައި ހާމަކުރިތަން، އެއީ އެ މީހުންގެ އާއިލާ އަށް ބަދުބަސް ރައްދުވާ ވާހަކަތަކެއް ކަމަށް މި ދެކެވެނީ، އެކަމަކު، އެއީ ހަގީގަތެއް ނޫން،" ރެއާލާ ދެކޮޅަށް ކުޅުނު މެޗު އެއްކޮށް ކުޅުނު ބައޭނާ ބުންޏެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ބައޭނާ މެޗުގެ ތެރެއިން ވަނީ ވަލްވޭޑޭގެ އަންހެނުން، މީނާ ބޮނީނޯގެ ބަނޑުގައި އޮއްވައި، މަރުވި ދަރިފުޅާ ބެހޭގޮތުން ވާހަކަތަަކެއް ދައްކައިފަ އެވެ. މެޗަށް ފަހު ވަލްވޭޑޭ ގޮސް، ބައޭނާ އަށް ހަމަލާދިނީ އެހެންވެ ކަމަށް ރިޕޯޓްކޮށްފައިވެސް ވެ އެވެ.

ބައޭނާ ބުނީ އޭނާ އެ ފަދަ ވާހަކަައެއް ނުދައްކާ ކަމަށާއި އޭގެ ހެއްކެއް ވެސް ދެއްކިފައިނުވާއިރު، އެ ފަދަ ތުހުމަތެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"މި ހުރިހާ ގޯސް ވާހަކަތަކެއްގެ ސަބަބުން އަހަރެން އާއިލާ އަށާއި އަހަރެން މި ވަނީ މަރުގެ އިންޒާރުތަކާ އެކު ބިރުވެރި ހާލަތަކާ ކުރިމަތިލާން ޖެހިފައި،" ބައޭނާ ބުންޏެވެ.

ބައޭނާ ވަނީ ވިޔަރެއާލްގެ މެނޭޖްމަންޓް މެދުވެރިކޮށް ގާނޫނީ ޓީމެއްގެ ލަފާހޯދައި، މި މައްސަލަ ޕޮލިހަށް ހުށަހަޅައިފަ އެވެ. މި ކަމާ ބެހޭގޮތުން ވަލްވޭޑޭ އާއި ރެއާލް މެޑްރިޑުން އަދި ވަކި އެއްޗެއް މީޑިއާގައި ހާމަކޮށްފައިނުވެ އެވެ.