Advertisement

ވައްޓާލި ސިނގިރޭޓު ފިލްޓަރަކުން ހިޔާ ފްލެޓުގައި އަލިފާނުގެ ހާދިސާއެއް

7 އޭޕްރީލް 2023 - 02:39 0

ހިޔާ ފްލެޓު 5 ގެ ހައުސިން ޔުނިޓުގެ ބެލްކަނީގައި އަލިފާން ރޯވެފައި.


ވައްޓާލި ސިނގިރޭޓު ފިލްޓަރަކުން ހިޔާ ފްލެޓުގައި އަލިފާނުގެ ހާދިސާއެއް

7 އޭޕްރީލް 2023 - 02:39 0

ނިންވާ ނުލައި އެއްލާލި ސިނގިރޭޓް ފިލްޓަރަކުން ހިޔާ ފްލެޓުގައި އަލިފާނުގެ ހާދިސާއެއް މިރޭ ހިނގައިފި އެވެ.

މިރޭ އެކެއް ޖަހާކަންހާއިރު އަލިފާނުގެ ހާދިސާ ހިނގީ ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގެ 17 ވަނަ ފަންގިފިލާގެ ދެ ވަނަ ހައުސިން ޔުނިޓުގެ ބެލްކަނީގަ އެވެ. މީހަކަށް ގެއްލުން ވުމުގެ ކުރިން އެ އަލިފާންގަނޑު ނިއްވާލެވުނެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން މި ހާދިސާ ހިނގާފައިވަނީ ބެލްކަނީގައި ހުރި ކުނިތަކެއްގެ މައްޗަށް ނިއްވާނުލާ މީހަކު އެއްލާލި ސިގިރެޓް ފިލްޓަރެއްގެ ސަބަބުން ކަމަށް ޝައްކު ކުރެވެ އެވެ. މިފަދަ އަމަލުތައް ނުކުރުމަށް މި ފުރުސަތުގައި ވެސް ނަސޭހަތްތެރިވަމެވެ،" އެޗްޑީސީން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް މިފަދަ ހާދިސާއެއް ހިޔާ ފްލެޓުގައި ހިނގާފައިވެ އެވެ.