Advertisement

ދިއްތުނޑީގައި ޓުއަރިޒަމް ތަރައްގީ ކުރަން ކޮޅުފުށީ ކައުންސިލުން ހުޅުވާލައިފި

31 މާރިޗު 2023 - 14:10 0

މ. ދިއްތުނޑި: މީގެ ކުރިން މުޅިން ވެސް ވަރުވާއަށް ދޫކޮށްފައި އޮތް ދިއްތުނޑީގައި ކޮޅުފުށީ ކައުންސިލުން ބޭނުންވަނީ ޓުއަރިޒަމް ތަރައްގީ ކުރަން -- ފޮޓޯ: ގޫގްލް މެޕްސް


ދިއްތުނޑީގައި ޓުއަރިޒަމް ތަރައްގީ ކުރަން ކޮޅުފުށީ ކައުންސިލުން ހުޅުވާލައިފި

31 މާރިޗު 2023 - 14:10 0

މ. ކޮޅުފުއްޓާއި ޖެހިގެން އެ ރަށާ އެއް ފަޅެއްގައި އޮންނަ މީހުން ދިރިނުއުޅޭ ދިއްތުނޑީގައި ޓުއަރިޒަމް ތަރައްގީ ކުރަން ކޮޅުފުށީ ކައުންސިލުން އިއްޔެ ހުޅުވާލައިފި އެވެ.

ކޮޅުފުށީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ދިއްތުނޑީގައި ތަރައްގީ ކުރަން ބޭނުން ވަނީ "އިންޓެގްރޭޓެޑް ޓުއަރިޒަމް" ކަމަށެވެ. އަދި އެ ރަށް ޑިޒައިންކޮށް، ހަދައި އަދި ހިންގަންޖެހޭނީ ވެސް ބިޑު ކާމިޔާބު ކުރާ ފަރާތުން ކަމަށް ކައުންސިލުން ބުނެ އެވެ.

ދިއްތުނޑި ތަރައްގީ ކުރަން ބޭނުންވާ ސަރަހައްދުތައް: އޭޕްރީލް 10، ގެ ކުރިން ބިޑުތައް ހުށަހަޅަންޖެހޭ -- ފޮޓޯ: ކައުންސިލް


އިއުލާނާއެކު ކައުންސިލުން އާންމުކޮށްފައިވާ ކުރެހެމުން ފެންނަ ގޮތުގައި ޓުއަރިޒަމުގެ އިތުރުން ކުޅިވަރު ކުޅުމަށް، ދަނޑު ހެއްދުމަށް އަދި ވިޔަފާރިއަށް ވެސް ބައެއް ވަނީ ހާއްސަކޮށްފަ އެވެ.

ކޮޅުފުށީ ކައުންސިލުން ބުނީ އޭޕްރީލް 10، ގެ ކުރިން ދިއްތުނޑި ހިންގަން ބޭނުންވާ ފަރާތްތަކުން ބިޑު ކުރަންޖެހޭނެ ކަމަށެވެ.

ދިއްތުނޑި އޮންނަނީ ކޮޅުފުށިން ހިނގާލާފައި ދެވޭހާ ކައިރީގަ އެވެ. އެއީ ގާތްގަނޑަކަށް 10 ހެކްޓަރުގެ ރަށެކެވެ. ކުރިން މުޅިން ވެސް އެ ރަށް ބޭނުންކޮށްފައި އޮތީ ވަރުވާއަށް ދިނުމަށެވެ. އެންމެފަހުން އެ ރަށް ވަރުވާއަށް ހަވާލު ކުރީ 2018 ގަ އެވެ.