30 މާރިޗު 2023 - 13:46 0
މާލެ ސިޓީ ކައުންސިލުން ބޭއްވި ޕާކް ވޮލީބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
30 މާރިޗު 2023 - 13:46 0
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބީޗް ސީރީސްގެ ނަމުގައި އާ މުބާރާތެއް ފަށަން ނިންމާފައިވާއިރު، މުބާރާތުގެ މެއިން ޑްރޯގައި ފިރިހެން 20 ޕެއާ އާއި އަންހެން 14 ޕެއާ ވާދަކުރާނެ އެވެ.
ހުޅުމާލޭ ޔޫތު ޕާކް، ބީޗް ވޮލީބޯޅަ ކޯޓުގައި މިރޭ ފަށާ މުބާރާތުގައި ކުރިއަށްދަނީ އަންހެން އަދި ފިރިހެން ޑިވިޝަނަށް ވެސް ހުޅުވާލެވިގެން ދެ ޖިންސުގައި ވެސް 2x2 އާއި 4x4 ބައި އޮންނާނެ އެވެ. އޯޕަން ޑްރޯ އަކީ 2x2 އެވެ. މި ކެޓަގަރީގައި ނޮކައުޓް އުސޫލުން ފިރިހެން ބައިގައި 20 ޕެއާ ވާދަކުރާއިރު، އަންހެން ޑިވިޝަނުގައި 14 ޕެއާ ވާދަކުރާނެ އެވެ.
ވެޓަރަންސް ކުޅުންތެރިންނަށް ހާއްސަ ކުރެވިފައިވާ 4x4 ޑިވިޝަނަށް ބަލާއިރު، އަންހެން ބައިގައި ތިން ޓީމު އަދި ފިރިހެން ބައިގައި ހަތަރު ޓީމު ފެނިގެންދާނެ އެވެ.
ބީޗް ޗެލެންޖާސް ސީރީސް ގިންތި ކުރެވިފައިވަނީ ސީރީސް އެކެއް އަދި ސީރީސް ދޭއް މި ގޮތަށެވެ. އެ ގޮތުން ސީރީސް އެކެއްގައި ރާއްޖޭގެ ވޮލީބޯޅައިގައި އުޅޭ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެ އެވެ. ޗެލެންޖާސް ސީރީސްގެ އެކެއްގެ ގަދަ 16 ޓީމު، ސީރީސް ދޭކަށް ކޮލިފައިވާނެ އެވެ. އަދި މި ގަދަ 16ގެ މެދުގައި ކުޅެވޭ ބުރަށް ފަހު، ގަދަ އަށް ޓީމެއް، އޮކްޓޫބަރު މަހު އޮތް ގައުމީ ބީޗް ވޮލީބޯޅަ މުބާރާތަށް ކޮލިފައިވާނެ އެވެ.
މި ފަހަރުގެ ބީޗް ވޮލީބޯޅަ ސީރީސް އަކީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން، ވީއޭއެމް އިން ކަަލަންޑަރު ކޮށްގެން ބާއްވާ ގައުމީ ލެވަލްގެ ފުރަތަމަ ބީޗްވޮލީބޯޅަ މުބާރާތެވެ.
މުބާރާތުގެ މެޗުތައް މިރޭ 21:30 ގައި ފަށާއިރު، ޖުމްލަ އަށް މެޗެއް ކުޅެވޭނެ އެވެ. އެއީ 2x2، އޯޕަން ޑްރޯގެ އަންހެން ބައިގެ ހަތަރު މެޗާއި ފިރިހެން ބައިގެ ހަތަރު މެޗެވެ.
Comment