Advertisement

ވީއޭއެމްގެ ބީޗް ސީރީސް މި މަހު ފަށަނީ

22 މާރިޗު 2023 - 11:20 0

2021 ވަނަ އަހަރުގެ ގައުމީ ބީޗްވޮލީބޯޅަ މުބާރާތުގެ ތެރެއިން.--- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު ފައިލް ފޮޓޯ


ވީއޭއެމްގެ ބީޗް ސީރީސް މި މަހު ފަށަނީ

22 މާރިޗު 2023 - 11:20 0

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބީޗް ސީރީސްގެ ނަމުގައި ބީޗްވޮލީބޯޅަ މުބާރާތެއް މި މަހު 30 ވަނަ ދުވަހު ފަށަން ނިންމައި, ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން، ވީއޭއެމް އިން ކަަލަންޑަރު ކޮށްގެން ބާއްވާ ގައުމީ ލެވަލްގެ ފުރަތަމަ ބީޗްވޮލީބޯޅަ މުބާރާތެވެ.

ބީޗް ޗެލެންޖާސް ސީރީސް ގިންތި ކުރެވިފައިވަނީ ސީރީސް އެކެއް އަދި ސީރީސް ދޭއް މި ގޮތަށެވެ. އެ ގޮތުން ސީރީސް އެކެއްގައި ރާއްޖޭގެ ވޮލީބޯޅައިގައި އުޅޭ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެ އެވެ. ޗެލެންޖާސް ސީރީސްގެ އެކެއްގެ ގަދަ 16 ޓީމު، ސީރީސް ދޭކަށް ކޮލިފައިވާނެ އެވެ. އަދި މި ގަދަ 16ގެ މެދުގައި ކުޅެވޭ ބުރަށް ފަހު، ގަދަ އަށް ޓީމެއް ގައުމީ ބީޗް ވޮލީބޯޅަ މުބާރާތަށް ކޮލިފައިވާނެ އެވެ.

އަންހެން އަދި ފިރިހެން ޑިވިޝަނަށް ވެސް ހުޅުވާލެވިފައިވާ މި މުބާރާތުގެ ދެ ޖިންސުގައި ވެސް 2x2 އާއި 4x4 ބައި އޮންނާނެ އެވެ.

ބީޗް ސީރީސް ކުރިއަށްދާނެ ގޮތުގެ ގަވާއިދަށް ބަލާއިރު، 2x2 ކޮންމެ ޑިވިޝަނެއްގައި ވެސް ކޮންމެ އުމުރެއްގެ ކުޅުންތެރިއަކަށް ވެސް ކުޅެވިދާނެ އެވެ. އެކަމަކު، 4x4 މުބާރާތުގެ ފިރިހެން އަދި ޑިވިޝަނުގައި ކުޅޭއިރު، ޓީމު ލިސްޓުގައި ހިމަނަންޖެހޭނީ 35 އަހަރުން މަތީގެ ކުޅުންތެރިންނެވެ. ވެޓެރަންސް އަށް ހާއްސަކޮށްފައިވާ މި ޑިވިޝަނުގައި މަދުވެގެން 45 އަހަރުން މަތީގެ އެއް ކުުޅުންތެރިއަކު ލިސްޓުގައި ހިމަނަން ލާޒިމްކޮށްފައިވާއިރު، މެޗު ކުޅެވޭ ހިދުގައި ވެސް ކޯޓު މަތީގައި 45 އަހަރުގެ ކުޅުންތެރިއަކު ހުންނަން ޖެހޭނެ އެވެ.

މުބާރާތް ކުރިއަށްދާއިރު، ނަތީޖާ ކަނޑައެޅުމުގެ އުސޫލަށް ބަލާއިރު، ޓީމުތަކެއްގެ ނަތީޖާތަށް އެއްވަރުވެއްޖެނަމަ، ފުރަތަމަ ބާލާނީ އެއްވަރުވި ޓީމުތަކުގެ މެދުގައި ކުޅެވިފައިވާ މެޗްތަކުގެ ފައިދާ ސެޓަށެވެ. އެ ގޮތުން އެއްވަރުވެއްޖެނަމަ ދެން ބަލާނީ އެއްވަރުވި ޓީމުތަކުގެ މެދުގައި ކުޅެފައިވާ ސެޓްތަކުގެ ފައިދާ ސްކޯ އަށެވެ. މި ގޮތުން ވެސް އެއްވަރުވެއްޖެނަމަ، މޮޅުވާ ޓީމެއް ހޮވާނީ ގުރުއަތުލައިގެންނެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިއަދު 13:00 އާ ހަމައަށް ހުޅުވާލެވިފަ އެވެ. ޓީމު ލިސްޓު ހުށަހެޅުމުގެ މުއްދަތު އޮތީ އަންނަ އާދިއްތަ ދުވަހު 13:00 އާ ހަމައަށެވެ.