29 މާރިޗު 2023 - 08:22 0
ފާތިމަތު ސާޔާ އަހުމަދު
އެ ހާދިސާ ހިނގި އިސްމާއިލީ ސެންޓަރު. -- ފޮޓޯ: އީޕީއޭ
29 މާރިޗު 2023 - 08:22 0
ޕޯޗުގަލްގެ ވެރިރަށް ލިޒްބަަންގައި ހުންނަ މުސްލިމް ދީނީ ސެންޓަރެއްގައި ވަޅި ހަރައި ދެ އަންހެނެއް މަރާލައިފި އެވެ.
ފުލުހުން ބުނީ ހަމަލާ ދިނީ އެވެނިޑާ ލުސިއާޑާ ހިސާބުގައި ހުންނަ އިސްމާއިލީ ސެންޓަރުގައި ކަމަށެވެ. ބޮޑު ވަޅިއެއް ހިފައިގެން ހުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހުއްޓުވަން ފުލުހުން އޭނާގެ ފަޔަށް ބަޑި ޖެހި އެވެ.
އެ މީހާ ހައްޔަރު ކުރުމަށް ފަހު ހޮސްޕިޓަލަށް ގެންދިޔަ އެވެ. ހަމަލާ ދިން ސަބަބު ސާފެއް ނޫނެވެ. އެކަމަކު ފަހަކަށް އައިސް މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ.
އިސްމާއިލީ ސެންޓަރުގެ ލީޑަރު ނާޒިމް އަހްމަދު ވިދާޅުވީ ތުހުމަތު ކުރެވޭ މީހާއަކީ އަފްގާނިސްތާނުގެ ރައްޔިތެއް ކަމަށާއި މަރުވީ ޕޯޗުގަލްގެ ދެ އަންހެނުން ކަމަށެވެ.
އިސްމާއިލީ ވެބްސައިޓުގައި އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ ހަމަލާއާ ގުޅިގެން ހިތާމަ ކުރާ ކަމަށާއި މަރުވި މީހުންގެ އާއިލާތަކަށް އެހީވަމުންދާ ކަމަށެވެ. އިސްމާއިލިޒަމްއަކީ ޝިއައީ މަޒުހަބަށް ނިސްބަތްވާ ގޮތްޕެކެވެ.
ބޮޑު ވަޒީރު އެންޓޯނިއޯ ކޮސްޓާ ވިދާޅުވީ އެއީ ރާވައިގެން ދިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށާއި ހަމަލާ ދިން ސަބަބާ މެދު ގޮތް ކިޔަން އަދި މާ އަވަސް ކަމަށެވެ.
Comment