Advertisement

ރެސިޕީ: ބިސްކޮފް ބެނޮފީ ޕައި ޓުރައިފްލް

8 އޭޕްރީލް 2023 - 11:40 0


ރެސިޕީ: ބިސްކޮފް ބެނޮފީ ޕައި ޓުރައިފްލް

8 އޭޕްރީލް 2023 - 11:40 0

ބޭނުންވާ ތަކެތި

ފުށްގަނޑަށް

  • 1 ޕެކެޓު ބިސްކޮފް ބިސްކޯދު ހިމުންކޮށްފައި (މާރީ ބިސްކޯދު ވެސް ބޭނުން ކުރެވިދާނެ)
  • 30 ގުރާމު ދިޔާކުރި ބަޓަރު
  • 200 ގުރާމު ހަކުރު
  • 90 ގުރާމު ބަޓަރު
  • 1/2 ޖޯޑު ހެވީ ކުރީމް
  • 1 ސައި ސަމުސާ ވެނީލާ
  • 1/4 ސައި ސަމުސާ ލޮނު (ބޭނުން ނަމަ)
  • 1 ޖޯޑު ވިޕިން ކުރީމް
  • 2 ނުވަތަ 3 ދޮންކެޔޮ (ފޮތިކޮށްފައި ނުވަތަ ކުދިކޮށް ކޮށާފައި)
  • ގާނާފައި ހުރި ޗޮކުލެޓު (ގާނިޝް ކުރުމަށް)

ތައްޔާރު ކުރާނެ ގޮތް

ހިމުންކޮށްފައި ހުރި ބިސްކޯދުކޮޅުގެ ތެރެއަށް ދިޔާކޮށްފައި ހުރި ބަޓަރުކޮޅު ރަނގަޅަށް އެއްކޮށްލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާށެވެ.

ކެރަމަލް ހެދުމަށް ކުޑަ ތެއްޔަކަށް ހަކުރުކޮޅު އެޅުމަށްފަހު އުނދުން މައްޗަށް އުދާށެވެ. ހަކުރުކޮޅު އެއްކޮށް ވިރި، މަޑު މުށި ކުލައެއް އަރަންދެން މަޑު ގިނީގައި ހޫނު ކުރަމުން ގެންދާށެވެ. ހަކުރުކޮޅު އެއްކޮށް ވިރިގެން ދިއުމުން އޭގެ ތެރެއަށް ބަޓަރުކޮޅު އެއްކޮށްލުމަށްފަހު އަވަހަށް އެއްކޮށްލާށެވެ. ބަޓަރުކޮޅު އެއްކޮށް ދިޔާވެ، ކެރެމަލް ކޮޅާ އެކުވުމުން، އޭގެތެރެއަށް ކުރީމްކޮޅު އަޅައި މަޑުމަޑުން އެއްކުރަމުން، ހަލަމުން ގެންދާށެވެ. ކުރީމްކޮޅާއި ކެރެމަލް ކޮޅާ އެކުވުމުން، 1 ނުވަތަ 2 މިނެޓު ވަންދެން ކައްކާލާށެވެ. އެއަށްފަހު އުނދުން މަތީން ބާލައި، އޭގެތެރެއަށް ވެނިލާއާއި ލޮނުކޮޅު އަޅާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު އެއްކޮށް ހިހޫވަންދެން ބަހައްޓާށެވެ.

އެހެން ތައްޓަކަށް ވިޕިން ކުރީމްކޮޅު އަޅައި ރަނގަޅަށް ހަލައި އެއްކޮށްލާށެވެ. އެއަށްފަހު ޓްރައިފްލް ހަދަން ބޭނުންވާ ތަށީގެ ތެރޭގައި ފަހަރަކު ފަށަލައެއް އަޅަމުން ދާނީ އެވެ.

އެންމެ ފުރަތަމަ ތަށީގެ އެންމެ ފުލަށް މުގުރާފައި ހުރި ބިސްކޯދުކޮޅު އަޅާށެވެ. އެއަށްފަހު އޭގެ މައްޗަށް ކެރެމަލް ފަށަލައެއް އަޅާނީ އެވެ. އޭގެ މަތީގައި ކޮށާފައި ހުރި ދޮންކެޔޮކޮޅު އަތުރުމަށްފަހު ވިޕިން ކުރީމްކޮޅު އެންމެ މައްޗަށް އަޅާނީ އެވެ. ބޭނުންނަމަ މި ފަށަލަތައް މިގޮތަށް ތަކުރާރު ކުރަމުން އިތުރު ވެސް ކުރެވިދާނެ އެވެ.

ބޭނުން ވަރަކަށް ފަށަލަތައް އިތުރު ކުރުމަށްފަހު އެންމެ މައްޗަށް ގާނާފައި ހުރި ޗޮކުލެޓުކޮޅު އަޅައި ގާނިޝް ކޮށްލާނީ އެވެ.

އެޑިޓަރުގެ ނޯޓު


ރެސިޕީ ތައްޔާރުކުރީ، މި ރޯދަ މަހު "އަދަދު"ން ގެނެސްދޭ ކުކިން ޝޯ، "މީރު ބައިޓްސް"ގައި ގެނެސްދޭ ކާ ތަކެތި ތައްޔާރުކޮށް، އެ ޝޯ ހުށަހަޅައިދޭ، އާމިނަތު މައުރީނާ (މައު) އެވެ.