Advertisement

އެމްޕީއެލުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ އިތުރަށް 2،000ރ. ދޭން ނިންމައިފި

21 މާރިޗު 2023 - 17:21 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭ ވިޔަފާރި ބަނދަރު: އެމްޕީއެލުން ރޯދަ އިނާޔަތުގެ އިތުރަށް 2000 ރުފިޔާ ދޭން ވަނީ ނިންމާފަ - ފޮޓޯ: އަދަދު ފައިލް


އެމްޕީއެލުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ އިތުރަށް 2،000ރ. ދޭން ނިންމައިފި

21 މާރިޗު 2023 - 17:21 1

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން އެ ކުންފުނީގެ މުވައްޒަފުންނަށް މި އަހަރުގެ ރޯދަ އިނާޔާތުގެ ގޮތުގައި ގާނޫން ލާޒިމުކުރާ މިންވަރުގެ އިތުރަށް 2،000ރ. ދޭން ނިންމައިފި އެވެ.

އެމްޕީއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނުން ލާޒިމުކުރާ 3،000ރ. އިތުރަށް 'ރޯދަ ހަދިޔާ' ގެ ގޮތުގައި އިތުރު 2،000ރ. ދޭން ނިންމީ އެ ކުންފުނީގެ މެނޭޖުމަންޓާއި ބޯޑުން ކަމަށެވެ.

މި ރޯދަމަހު 5،000ރ. ގެ އިނާޔަތެއް ދޭން ނިންމާފައިވަނީ ބަނދަރުތަކުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންނަކީ ރޯދަ މަހުވެސް މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރާ ބަޔަކަށްވާތީ އެ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށް އެމްޕީއެލުން ބުންޏެވެ.

މީގެއިތުރުން، ރޯދަ މަހަކީ އާންމު މިންވަރަށްވުރެ އިތުރަށް މުދާ އެތެކުރާ މަހަކަށްވާއިރު، އެ ކުންފުނީގެ އޮޕަރޭޝަންސްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ އެ ކުންފުނީގެ މުވައްޒަފުންކަން އެމްޕީއެލްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ރޯދަ މަހު މާލޭގެ ވިޔަފާރި ބަނދަރުން މުދާ ބޭރު ކުރުމާ ގުޅޭގޮތުން އެމްޕީއެލުން ވަނީ މި މަހު 16 ގައި އެ ކުންފުނީގެ މަސްލަހަތުވެރިންނާ ހިއްސާކޮށް އެ ފަރާތްތަކުގެ ހިޔާލާއި ކަންބޮޑުވުންތައްވެސް ހޯދާފަ އެވެ.

އެގޮތުން، ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ރޯދަ މަހަކީ ވިޔަފާރި ބަނދަރަށް ގެންނަ މުދާ އިތުރުވާ މަހެއް ކަމުން އެ ކުންފުނީގެ އަމާޒަކީ އެހެން އަހަރުތަކެކޭ އެއްގޮތަށް ވިޔަފާރިވެރިންގެ މުދާ އަވަހަށް ކްލިއާ ކުރެވޭނެ އިންތިޒާމުތައް ރޭވުން ކަމަށެވެ.