Advertisement

އެމްޕީއެލްގެ ޓަގަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

about 2 hours 0


އެމްޕީއެލްގެ ޓަގަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

about 2 hours 0

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރު ސަރަހައްދު ބޭރުން އެ ކުންފުނީގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހެނދުނު ހިނގައިފި އެވެ.

މި އެކްސިޑެންޓް ހިނގި ވަގުތު ލޯންޗުގައި ކެޕްޓަނުގެ އިތުރުން ތިން ފަޅުވެރިން ތިއްބެވެ. މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ނަމަވެސް، ކެޕްޓަނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެ އެވެ.

މި އެކްސިޑެންޓްގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:39 އެހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.