Advertisement

ކޮކެއިން އެތެރެކުރި އެމެރިކާ މީހަކު ޕީޖީގެ ލަފާގެ މަތިން ދައުވާ ނުކޮށް ޑީޕޯޓުކޮށްފި

21 މާރިޗު 2023 - 11:01 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕީޖީ ހުސެއިން ޝަމީމް: ކޮކޭން އެތެރެކުރި އެމެރިކާ މީހަކު ދައުވާ ނުކޮށް ޑީޕޯޓްކޮށްލާފައިވަނީ ޕީޖީގެ އެދުމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ކޮކެއިން އެތެރެކުރި އެމެރިކާ މީހަކު ޕީޖީގެ ލަފާގެ މަތިން ދައުވާ ނުކޮށް ޑީޕޯޓުކޮށްފި

21 މާރިޗު 2023 - 11:01 0

މިދިޔަ އަހަރު ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އެތެރެކުރި އެމެރިކާ މީހެއްގެ މައްޗަށް ދައުވާ ނުކޮށް އޭނާ ޑީޕޯޓު ކޮށްލައިފި އެވެ.

ލިއިލާ ލެއިން ކްލާކް ނަކަމަށް ކިޔާ އެމެރިކާގެ މި އަންހެން މީހާ ހައްޔަރުކުރީ މިދިޔަ އަހަރު މެއި 11 ގައި ރާއްޖެއައި ފްލައިޓަކުން 1.87 ކިލޯގެ ކޮކެއިން އެތެރެކުރަން އުޅެނިކޮށެވެ. އެ މަސްތުވާތަކެތި ފެނިފައިވަނީ އޭނާގެ ލަގެޖުންނެވެ.

މި މައްސަލާގައި މީގެ ކުރިން ކޯޓުން ވަނީ ތަހުގީގު ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ނަމަވެސް، އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް އޭނާ ޑީޕޯޓް ކުރުމަށް އަމުރުކޮށްފަ އެވެ. އެ ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ އޭނާގެ ބަންދުގައި ބެހެއްޓުމަށް ކުރި އަމުރު ބާތިލްކުރީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެނެސް އޭނާ ޑީޕޯޓުކޮށްލުމަށް ޕްރޮސެކިއުޓާ ޖެެނެރަލް( ޕީޖީ) ގެ އޮފީހުން އެދިފައިވާތީ ކަމަށެވެ.

އަދި، ޕީޖީއިން މިގޮތަށް ނިންމީ ކަރެކްޝަނަލް ސާވިސް އޭނާއަކީ ހައްޔަރުކުރި ހިސާބުން ފެށިިގެން ބަލި މީހެއްކަން ފާހަގަކޮށްފައިވާ ކަމަށާއި، އޭނާއަށް ދޭންޖެހޭ ފަރުވާއަކީ ރާއްޖޭގައި ދެވެން ނެތް ފަރުވާއެއް ކަމަށް އެ އޮފީހަށް މައުލޫމާތު ދީފައިވާތީ ކަމަށްވެސް ކޯޓުން ވަނީ ބުނެފަ އެވެ.