މެރިން އެކްސްޕޯގައި ހުރި ޔަމަހާގެ އުފެއްދުންތައް ވިއްކަން ހުރި ސްޓޯލް --- އަދަދު
އައުޓު ބޯޑު އިންޖީނެއް ބޭނުން ހެއްޔެވެ؟
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މެރިން އެކްސްޕޯގެ ޔަމަހާ ސްޓޯލަށް ޒިޔާރަތްކޮށްގެން ނަސީބުވެރި ފަރާތަކަށް އިންޖީނެއް ލިބުމުގެ ފުރުސަތު އެބަ އޮތެވެ. މެރިން އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 15-18 އަށެވެ.
ޔަމަހާ މަރުކާގެ އުފެއްދުންތަކުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރު، އެލިއާ އިންވެސްޓްމެންޓުގެ އޮފިޝަލަކު ވިދާޅުވީ މެރިން އެކްސްޕޯގައި ހުރި ސްޓޯލަށް ޒިޔާރަތްކޮށް ކޫޕަން ފުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް ލިބޭނީ ޔަމަހާ އައުޓް ބޯޑު އިންޖީނެއް ކަމަށެވެ.
މެރިން އެކްސްޕޯގައި ބަހައްޓާފައި ހުރި އެލިއާގެ ސްޓޯލް. ޔަމަހާ ބްރޭންޑުގެ އެންމެ ފަހުގެ އިންޖީނުތައް މިތަނުގައި ހުންނާނެ --- ފޮޓޯ: އަދަދު
މި ސްޓޯލުން ޔަމަހާ އިންޖީނާއި ވޯޓާ ވެހިކަލްތަކުގެ މައުލޫމާތު ވެސް ދޭނެ އެވެ.
މޯލްޑިވްސް ބޯޓިން އެސޯސިއޭޝަނުން ކޮންމެ އަހަރަކު ބާއްވާ "ބޯޓިން އެވޯޑްސް"ގެ އެންމެ މަގުބޫލު މެރިން އައުޓް ބޯޑު އިންޖީނު، މެރީން އިންޖިނީއަރިން ސާވިސް ޕްރޮވައިޑަ އަދި އެންމެ ރަނގަޅު އާފްޓަ ސޭލްސް ސާވިސް ޕްރޮވައިޑަ އެވޯޑްސް ލިބިފައިވަނީ އެލިއާ އަށެވެ.
ޔަމަހާ އަކީ ރާއްޖޭގެ ކަނޑު ދަތުރުފަތުރު ކުރުމުގެ ދާއިރާއަށް އެތަކެއް އިންގިލާބެއް ގެނެސްދީފައިވާ ދަތުރުވެރިންގެ އިތުބާރާއި ލޯބި ލިބިފައިވާ ބްރޭންޑެކެވެ.
ރާއްޖޭގެ ކަނޑުދަތުރުފަތުރު ކުރުމުގެ ސިނާއަތަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި އިވެންޓު, މޯލްޑިވްސް މެރިން އެކްސްޕޯގެ މިއަހަރުގެ އެޑިޝަން ކުރިއަށްދަނީ އޭޝިއާ ޑައިވް އެކްސްޕޯ މޯލްޑިވްސް (އެޑެކްސް) އާ ވެސް އެކީގަ އެވެ.
އެޑެކްސް މޯލްޑިވްސް އަކީ ރާއްޖޭގައި ޑައިވިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިފަދަ ފުރަތަމަ އިވެންޓެވެ.
ކަނޑު އުޅަނދުފަހަރު ބަނުމާއި ކާގޯ އަދި ފަސިންޖަރުން އުފުލުމާއި ލޮޖިސްޓިކްސްގެ ހިދުމަތްދޭ ކުންފުނިތަކާއި ޑައިވިން އާއި ވޯޓާ ސްޕޯޓްސްގެ އިތުރުން އެކްސްކާޝަން އަދި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 170 ފަރާތެއް މިފަހަރުގެ އެކްސްޕޯގައި ބައިވެރިވެ އެވެ.
Comment