Advertisement

ދައުލަތުގެ އޮފީސްތަކުން ކްރެޑިޓް ކާޑު ބޭނުންކުރެވޭ ގޮތް ހަދައި، އުސޫލު އާންމުކޮށްފި

12 މާރިޗު 2023 - 12:41 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ސަރުކާރުގެ ގިނަ އޮފީސްތައް ހުންނަ ވެލާނާ ބިލްޑިން - ފޮޓޯ: އަދަދު ފައިލް


ދައުލަތުގެ އޮފީސްތަކުން ކްރެޑިޓް ކާޑު ބޭނުންކުރެވޭ ގޮތް ހަދައި، އުސޫލު އާންމުކޮށްފި

12 މާރިޗު 2023 - 12:41 0

ދައުލަތުގެ އޮފީސްތަކުގެ ހަރަދުތަކަށް ކްރެޑިޓް ކާޑު ބޭނުންކުރެވޭނެ ގޮތް ހަދައި، އެކަމުގައި އަމަލުކުރަންޖެހޭ އުސޫލެއް އާންމުކޮށްފި އެވެ.

މިއަދުން ފެށިގެން އަމަލުކުރުމަށް ގެޒެޓުކޮށްފައިވާ އެ އުސޫލޫގައި ބަޔާންކޮށްފައިވާ މަގުސަދަކީ އޮފީސްތަކުން ކުރަންޖެހޭ މުއާމަލާތްތައް ކުރުމުގައި އިންޓަނެޓު ނުވަތަ އިންޓަނެޓު ބޭންކިން މެދުވެރިކޮށް ނޫން ގޮތަކަށް ހިންގެން ނުހުންނަ ހާލަތްތަކުގައި އެކަމަށް ދައުލަތުގެ އޮފީސްތަކަށް ހައްލު ހޯދައިދިނުމެވެ.

މި އުސޫލުގެ ދަށުން ކާޑަށް އެދި އެކަމަށް ހާއްސަ ފޯމެއް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހެ އެވެ. އެ ފޯމުގައި ކާޑު ބޭނުންކުރާ މަގުސަދު، ބޭނުންވާ ކްރެޑިޓް ލިމިޓް އަދި ނޮމިނީންގެ ތަފުސީލުތައް ހިމަނަންޖެހޭނެ އެވެ. އަދި، އެ ފޯމާއެކު އެ ކާޑު ދޫކުރާ ފައިނޭންޝަލް އިންސްޓިއުޓުގެ މައުލޫމާތު ފޯމާއި، ނޮމިނީންގެ އައިޑީކާޑު ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

މީގެއިތުރުން މި އުސޫލުގައިވާ ގޮތުން ދައުލަތުގެ އިދާރާތަކުގެ ތެރެއިން ކައުންސިލްތަކުން ކްރެޑިޓް ކާޑަށް އެދި ހުށަހަޅަންޖެހޭނީ ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށެވެ.

ކްރެޑިޓް ކާޑަށް ހުއްދަދީ، ފައިނޭންޝަލް އިންސްޓިއުޓަށް އެކަމަށް އެދި ހުށަހަޅާނީ ފިނޭންސް މިނިސްޓަރުގެ ހުއްދައާއެކު ފައިނޭންޝަލް ކޮންޓްރޯލާ އެވެ. ހުއްދަ ލިބޭ އޮފީސްތަކަށް ދޫކުރެވޭ ކާޑުތަކުން ކުރާ ހަރަދުތަކަކީ މާލިއްޔަތު ގަވާއިދުގެ ދަށުން ބަޖެޓު ކުރެވިފައިވާ ހަރަދުތައް ކަމަށާއި އެ ހަރަދުތަކުގެ ތަފުސީލު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންވާނެ ކަމަށް މި އުސޫލުގައި ވަނީ ބުނެފަ އެވެ.

މީގެއިތުރުން އުސޫލުގައި ބުނެފައިވާގޮތުން، ދައުލަތުގެ އޮފީސްތަކަށް ދޫކުރާ ކާޑުތަކުގެ ކްރެޑިޓް ލިމިޓު ކަނޑައެޅުމުގެ ބާރު ފިނޭންސް މިނިސްޓްރީއަށް ލިބިގެންވެ އެވެ. އެ ލިމިޓަށްވުރެ އިތުރަށް ހަރަދުކުރާނަމަ މިނިސްޓްރީއިން ލިޔުމުން ހުއްދަ ހޯދުމަށް އުސޫލުގެ ދަށުން އަންގާފައިވެ އެވެ.

މި އުސޫލާއި ހިލާފުވާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތާއި އަދި އުސޫލުގެ ތެރެއިން ދޫކުރާ ކާޑު ބޭނުންކުރުން މަނާކުރާ ހާލަތްތައްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބަޔާންކޮށްފަ އެވެ.

އެގޮތުން, ކާޑު ގެއްލި، ހަލާކުވެ ނުވަތަ ކާޑުން ގޮތް ނޭނގޭ ޓްރާންސެކްޝަންތަކެއް ހިނގާނަމަ އެކަން އެ އޮފީހެއްގެ އިސްވެރިން މެދުވެރިކޮށް މިނިސްޓްރީއަށް އަންގަން ޖެހޭނެ ކަމަށާއި ގަވާއިދާ ހިލާފަށް ކާޑު ބޭނުންކުރާނަމަ އެ ކާޑުގެ ނޮމިނީ ބަދަލުކުރުން ނުވަތަ ކާޑު އަތުލައި، ކެންސަލް ކުރުމުގެ ބާރު ފައިނޭންޝަލް ކޮންޓްރޯލާއަށް މި އުސޫލުން ލިބިދެ އެވެ.