Advertisement

ހަމަލާއެއްގެ އިންޒާރު ދިނުމުން ބެލްޖިއަމްގައި ތަހުގީގު ފަށައިފި

9 މާރިޗު 2023 - 07:38 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހަމަލާގެ އިންޒާރާ އެކު ސެކިއުރިޓީ ވަރުގަދަ ކުރި.


ހަމަލާއެއްގެ އިންޒާރު ދިނުމުން ބެލްޖިއަމްގައި ތަހުގީގު ފަށައިފި

9 މާރިޗު 2023 - 07:38 0

ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގެ މެޓްރޯއަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދޭނެ ކަމަށް ބުނެ އިންޒާރުގެ އީމެއިލެއް ބުދަ ދުވަހު ފޮނުވުމުން ތަހުގީގު ފަށައިފި އެވެ.

މެޓްރޯ ނެޓްވޯކް ބަލައި ފާސްކުރުމަށް ފުލުހުން ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ނަމަވެސް، ޝައްކު ކުރެވޭ އެއްވެސް އެއްޗެއް ފެނިފައެއް ނުވެ އެވެ.

ބްރަސެލްސްގެ 69 މެޓްރޯ ސްޓޭޝަން ވެސް ހުއްޓުމެއް ނެތި އޮޕަރޭޓް ކުރި އިރު، އިދާރާތަކުން ބުނީ ހަމަލާއެއް ދޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"ހުރިހާ އިންޒާރަކާ މެދު ވެސް ވިސްނަނީ ސީރިއަސްކޮށް. މިއަދުގެ ބްރަސެލްސްގެ މެޓްރޯއަށް ހަމަލާ ދޭނެ ކަމަށް ބުނެ ފޮނުވި އީމެއިލާ މެދު ވެސް އަމަލު ކުރަމުން ދަނީ ފަރުވާތެރިކަމާ އެކު،" ބެލްޖިއަމްގެ ނޭޝަނަލް ކްރައިސިސް ސެންޓަރުން ބުންޏެވެ.

ބްރަސެލްސްގެ މެޓްރޯ އާއި އެ ސިޓީގެ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް މާޗް 2016 ގައި ދިން ބޮމުގެ ހަމަލާތަކުގައި 32 މީހުން މަރުވި އެވެ. އެކަމުގެ ފަހަތުގައި އޮތީ އިސްލާމިކް ސްޓޭޓް (އައިއެސް) ގްރޫޕެވެ.

ބުދަ ދުވަހު އީމެއިލުން ފޮނުވި އިންޒާރާ ގުޅޭ ތަހުގީގެއް ފަށާފައިވާ ކަމަށް ބްރަސެލްސްގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

އެހެން ނަމަވެސް އީމެއިލްގައިވާ ތަފްސީލާއި އެ އީމެއިލް ލިބުނީ ކާކަށް ކަމެއް ހާމައެއް ނުކުރެ އެވެ. ބެލްޖިއަމްގައި ޓެރަރިޒަމްގެ ނުރައްކާ ބަލާ މިންގަނޑުން މިހާރު އޮތީ އެލާޓް ލެވަލް ދޭއްގަ އެވެ.