Advertisement

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޒަމީރު ބެލްޖިއަމަށް

31 ޖަނަވަރީ 2024 - 15:27 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހާރިޖީ ވަޒީރު މޫސާ ޒަމީރު : ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޒަމީރު ބެލްޖިއަމަށް - ފޮޓޯ: ރައީސް އޮފީސް


ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޒަމީރު ބެލްޖިއަމަށް

31 ޖަނަވަރީ 2024 - 15:27 0

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސް އަށް ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޒަމީރުގެ މި ދަތުރަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއެކު ރާއްޖެއިން ބާއްވާ ގުޅުންތައް ވަރުގަދަކުރުމަށް ކުރައްވާ ދަތުރެއް ކަމަށެވެ. އެގޮތުން މި ދަތުރުގެ ތެރެއިން އެ ޖަމްއިއްޔާގެ އިސް ފަރާތްތަކާ މިނިސްޓަރު ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ.

"މި ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކަށް ވެގެންދާނީ ރާއްޖެއާއި އީޔޫ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުން"

އެގޮތުން ދުނިޔޭގެ މަޝްރަހުގައި، ހާއްސަކޮށް މާލީ ގޮތުން ދެ ފަރާތަށް ފައިދާކުރަނިވި ދާއިރާތަކާ ބެހޭގޮތުން މި ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވޭނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.

ހާރިޖިއްޔާއިން އިތުރަށް ބުނި ގޮތުގައި މި ދަތުރުގެ ތެރެއިން މިނިސްޓަރު، އީޔޫގެ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމުގައިވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.