Advertisement

ބާ ބަސްތަކެއް ގެނައި މައްސަލައިގައި ސާމީ އަގީލަށް ދައުވާކޮށްދޭން އެދި ޕީޖީއަށް

8 މާރިޗު 2023 - 17:17 1

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

ރީޖަނަލް އެއާޕޯޓްސްގެ ކުރީގެ ޑިރެކްޓާ ޖެނަރަލް، ސާމީ އަގީލް. -ފޮޓޯ: ސަން އޮންލައިން


ބާ ބަސްތަކެއް ގެނައި މައްސަލައިގައި ސާމީ އަގީލަށް ދައުވާކޮށްދޭން އެދި ޕީޖީއަށް

8 މާރިޗު 2023 - 17:17 1

އެއްބަސްވުމާ ހިލާފަށް ޝަރުތުހަމަނުވާ ބަސްތަކެއް ބަލައިގަންނަން އަންގާފައިވާތީ ރީޖަނަލް އެއާޕޯޓްސްގެ ކުރީގެ ޑިރެކްޓާ ޖެނަރަލް، ސާމީ އަގީލްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ރީޖަނަލް އެއަޕޯޓްސަށް ބޭނުންވާ ބަސްތަކެއް ސަޕްލައި ކުރުމަށް 2019 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގައި ބަސްތަކުގައި ހުންނަންވާނެ ކަމަށް ޝަރުތު ކޮށްފައިވާ ކަންކަން ފުރިހަމަވެފައި ނުވާ ކަމަށެވެ.

އަދި އެ އެއްބަސްވުމަށް ރިއާޔަތްކުރުމެއްނެތި، އެ ބަސްތައް ބަލައިގަންނަން ސާމީ އަގީލް އަންގާފައިވާކަން އެނގިފައިވާ ކަމަށް އޭސީސީން ބުނެ އެވެ.

މިމައްސަލައިގަ އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލަން އެސީސީން ޕީޖީ އޮފީހުގައި އެދިފައިވެ އެވެ.

އެއީ ގާނޫނުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.

އޭސީސީން ބުނީ މި ދެ މައްސަލައިގައި އޭނާގެ މައްޗަށް މި ދައުވާތައް ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.