Advertisement

އެމެރިކާގައި ފްލައިޓެއްގެ ދޮރު "ޑިސްއާމް" ކުރި މީހަކު ހައްޔަރުކޮށްފި

7 މާރިޗު 2023 - 09:21 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރީ ބޮސްޓަންގެ ލޯގަން އިންޓަނޭޝަނަލް އެއާޕޯޓުން. -- ފޮޓޯ: ގެޓީ އިމޭޖާޒް


އެމެރިކާގައި ފްލައިޓެއްގެ ދޮރު "ޑިސްއާމް" ކުރި މީހަކު ހައްޔަރުކޮށްފި

7 މާރިޗު 2023 - 09:21 0

ވައިގެ ތެރެއިން ދަތުރު ކުރަމުން ދަނިކޮށް ފްލައިޓެއްގެ ދޮރު "ޑިސްއާމްކޮށް" ފްލައިޓް އެޓެންޑެންޓަކަށް ހަމަލާ ދޭން އުޅުނު މީހަކު އެމެރިކާގައި ހައްޔަރުކޮށްފި އެވެ.

އުމުރުން 33 އަހަރުގެ ފްރެންސިސްކޯ ސެވެރޯ ޓޮރޭޒް ފްލައިޓުގެ ދޮރެއް ކައިރީ ދެކޮޅަށް ހިނގާތީ ފްލައިޓް އެޓެންޑެންޓުން ބެލި އިރު އޭނާ ހުރީ އެ ދޮރު "ޑިސްއާމް" ކޮށްގެންނެވެ.

ފްލައިޓެއްގެ ދޮރު "ޑިސްއާމް" ކުރުމުން އޭގެ އެމެޖެންސީ ސްލައިޑް މަސައްކަތް ކުރުން ހުއްޓޭނެ އެވެ. ޕައިލެޓުން ދޮރުތައް ޑިސްއާމް ކުރަން އަންގާނީ ފްލައިޓް ބިމަށް ތިރިކޮށް ނިމުމުންނެވެ.

ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓު ވައިގެ ތެރޭގައި އޮއްވައި ދޮރު "ޑިސްއާމް" ކުރުމަށް ފަހު ޓޮރޭޒް މަސައްކަތް ކުރީ ބިންދާލާފައި އޮތް ސަމުސަލަކުން ފްލައިޓްގެ ކްރޫ މެމްބަރަކަށް ހަމަލާ ދިނުމަށެވެ.

އޭނާ ހައްޔަރު ކުރީ އާދީއްތަ ދުވަހު ބޮސްޓަންގެ ލޯގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ޓޮރޭޒް ހުއްޓުވީ ފްލައިޓުގައި ތިބި އެހެން ޕަސެންޖަރުންގެ ވެ އެހީއާ އެކު އެވެ.

މުޅި ދަތުރުގައި ވެސް ޝައްކު ކުރެވޭ ކަންކަން އޭނާގެ ފަރާތުން ފާހަގަވި އެވެ. އެގޮތުން ބޯޓު ނައްޓާލި ވަގުތު އެމެޖެންސީ ދޮރު ހުރީ ކޮން ތަނެއްގައި ތޯ އެހެން ޕަސެންޖަރެއްގެ ކައިރީގައި އެހި އެވެ.

ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓުތަކުން ޓޮރޭޒް ދަތުރު ކުރުން މަނާކޮށްފައިވާ އިރު، އެ އެއާލައިނުން ވަނީ ކްރޫ އާއި ކަސްޓަމަރުންގެ އެހީއަށް ޝުކުރު އަދާކޮށްފަ އެވެ.